ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލައާއި އެމްއެމްޕީއާރްސީ މައްސަލަ އިސްކަމެއް ދީގެން ބަލަން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލައިގެ މައްސަލައާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލަ، ޚާއްސަ އިސްކަމެއް ދީގެން ބަލަން މަޖިލީހުން ނިންމައިފިއެވެ.

Ads by STELCO

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ޖޮއިންޓް ބައްދަލުވުމެއް މިރޭ ވަނީ ބާއްވައިފައެވެ. އެ ކޮމިޓީއަކީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަމުންދާ ޖޮއިންޓް ކޮމިޓީއެވެ.

މިރޭގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މަޖިލިހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މަޖިލީހުގެ ރިސެސް ނިންމައި، ދެން ފަށާނީ މި މަހުގެ 17 ގައި ކަމަށެވެ. އެހެން ނަމަވެސް 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސް ދިނުމަށް އީވާ އެދިވަޑައިގަތެވެ.

"އަޅުގަނޑު ގަސްތުކުރަނީ މި ކޮމިޓީގެ މި މަސައްކަތާއި (އެމްއެމްޕީއާރުސީ މައްސަލަ) 241 ކޮމިޓީއިން އެ ހިންގާ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހިންގާ މަސައްކަތާއި އެއީ ޕްރައޮރިޓީ މަސައްކަތް ގޮތުގައި އަޅުގަނޑު މިވަގުތު ބަލާނަމޭ. އެހެންވީމަ ވަރަށް ބޮޑަށް އެދެން މި ކޮމިޓީ ވަަރަށް އެލާޓުގައި ތިއްބެވުމަށް މި ދުވަސްވަރު،" މަޖިލިހުގެ ނައިބު ރައީސް އީވާ ވިދާޅުވިއެވެ.

އީވާ އެދިވަޑައިގެންނެވީ އެ ދެ ކޮމިޓީޣެ މެމްބަރުން ކޮންމެ ވަގުތަކު ވެސް މަޖިލީހަށް ދެވޭގޮތަށް ތިއްބެވުމަށެވެ. އަދި ދެން މަޖިލިސް ހުޅުވޭ ދުވަހު އެ ދެ މައްސަލައިގައި ކޮންމެވެސް ކަހަލަ ރިޕޯޓެއް އެޖެންޑާ ކުރެވޭނެ ވަަރަށް މަސައްކަތް ކުރިއަށް ގެންގޮސް ދިނުމަށް ވެސް އީވާ އެދިލެއްވިއެވެ.

Ads by HDC
  1. ކިނބޫ

    އެމްއެމްޕީއާރްސީ މުލު ވަގަކީ ކުރިން ބޮން ގޮއްވާފަ ހުރި މީހެއް. މިހާރު…… ދެން ހައްޕު.