Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަދަދުތައް ދަށް ނުވާނަމަ ލޮކްޑައުން ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފި

އަދަދުތައް ދަށް ނުވާނަމަ ލޮކްޑައުން ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފި

ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް ދަށް ނުވާނަމަ، މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފަޅު) ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޓެގް ޓީމުން ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރު ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ، އަހުމަދު ޝަހީދު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި މި ބައްޔަށް ފައްސިވާ މީހުންނާއި ހާލު ބޮޑުވެގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ހަފްތާއެއްގެ ތެރޭގައި 3،000 މީހުން ފައްސި ވަމުންދާއިރު މާލެ ސަރަހައްދުން އެކަނި ދުވާލަކު 400 އާއި 500 އާ ދެމެދުގެ އަދަދަކަށް ބައެއް ދުވަސް ދުވަހު ފައްސިވާ ނަންބަރު ހުންނަ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

މިފަަދައިން ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް ދަށް ނުވެ، މިހާރު އަޅައިފައިވާ ފިޔަވަޅުތަކުން ނަތީޖާ ނުނިކުންނަ ނަމަ ލޮކްޑައުންއަކަށް ދިއުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ރާއްޖޭއިން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 590 މީހުންނެވެ. އޭގެތެރެއިން ގިނައީ މާލެ ސަރަޙައްދުން ފައްސިވީ މީހުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް