Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދަމު ނަމާދަށް ތިއްބާ ސޯޓް ލައިގެން ހުރި މީހަކު މިސްކިތަށް އަރައި އަވަގުރާނަ ގޮވަމުން ގެއްލުންތަކެއް ދީފި

ލ.ގަމު މަސްޖިދުލް އިޚްލާޞްގައި ރޭ ދަމު ނަމާދު ކުރަނިކޮށް މިސްކިތަށް މީހަކު އަރައި ހަޑިހުތުރު ބަހުން ވާހަކަ ދައްކައި ގެއްލުންތަކެއް ދީފިއެވެ.

ރޭ އެ މިސްކިތުގެ ދަމު ނަމާދުގައި ބައިވެރިވި މީހަކު "ދެން"އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އޭނާ މިސްކިތަށް އެރީ ވެސް މިސްކިތަށް ގާ އުކައިފައި ކަމަށާއި ސަފު ފަޅައިލާ މިސްކިތަށް އެރިއިރު އޭނާ ހުރީ ވެސް ސޯޓެއް ލައިގެން ކަމަށެވެ. މިސްކިތަށް އަރައި އިމާމާއާ ދިމާއަށް އަތް ދިއްކޮށް އަވަގުރާނަ ގޮވައި ހަޑިހުތުރު އެއްޗެހި ކީ ކަމަށާއި އަދި އިމާމާގެ މައިކް އަތުލައި އެ ހަލާކު ކޮށްލި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އެއަށް ފަހު އޭނާ މިސްކިތުން ނިކުމެ ދިޔައީ ކަމަށާއި ނިކުމެގެން ދަމުން ވެސް މިސްކިތަށް އެއްޗިހި އުކައިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މި ކަން ހިނގާފައި ވަނީ ދެވަނަ ރަކުޢަތުގެ ފަހު އައްތަހިއްޔާތުގައި ކަމަށްވުމާއެކު ނަމާދަށް މާބޮޑު އަސަރެއް ނުކުރާ ކަމަށާއި ނަމަވެސް އިމާމަށް ކުއްލި ސިހުމެއް ލިބުނު ކަމަށް ޚަބަރު ލިބިފައި ވެއެވެ.

Advertisement
HDC — Sidebar (box)

މިސްކިތަށް އަރައި ގެއްލުން ދީފައި ވަނީ ވެސް ލ.ގަމުގެ ރައްޔިތެއްކަން އެނގިފައި ވެއެވެ.

މިސްކިތުގައި ތިބި މީހުން ވަނީ މި މައްސަލަ ގަމު ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް