މާލެ ދެ ހަފްތާއަށް ފުރަބަންދު ކުރަނީ

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިންހާއަށް ގިނަވުމާ ގުޅިގެން ވެރިރަށް މާލެ ހިމެނޭ ސަރަހައްދު ދެ ހަފްތާއަށް ފުރަބަންދު ކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އޮންލައިން ނޫސް “ވަގުތު” އިން ވަނީ އެކަން ކަށަވަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.
މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަކި ގޮތެއް އަދި އަންގަވާފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މާލެ ފުރަބަންދު ކުރުމަށް އެކަމާ ގުޅޭ ހުރިހާ މުއައްސަސާއަކާ ވަނީ މަޝްވަރާ ކޮށްފައެވެ.
މާލެ ފުރަބަންދު ކުރުމާ ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން މިރޭ ނޫނީ މާދަމާ އެެޗްޕީއޭއިން އިއުލާނު ކުރާނެ ކަަމަށް ބެލެވެއެވެެ.
މައުލޫމާތު ލިބޭ ގޮތުގައި ލަސްވެގެން އީދު ދުވަހު މާލެ ފުރަބަންދު ކުރާނެއެވެ.
ދެ ހަފްތާއަށް މާލެ ފުރަބަންދު ކުރަން ނިންމާފައި ވާއިރު އިއްޔެ ވެސް ރާއްޖެއިން ރިކޯޑް އަދަދަކަށް މީހުން ވަނީ ފައްސިވެފައެވެ. އެގޮތުން އިއްޔެ ފައްސިވީ މީހުންގެ އަދަދު ހާހަކަށްވުރެ ގިނައެވެ. މީގެ އިތުރުން ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މިއަދު ވެސް ކޮވިޑް-19 ޖެހިގެން 3 މީހަކު ވަނީ ނިޔާވެފައެވެ.






ކޮމެންޓް