Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހުރަސް އެޅިޔަސް ހިޔާނާތުގެ ލިސްޓު އާންމުކުރާނެ: މުއިއްޒު

ހުރަސް އެޅިޔަސް ހިޔާނާތުގެ ލިސްޓު އާންމުކުރާނެ: މުއިއްޒު

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލައިފައިވާ ، އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނާ މީހުންގެ ލިސްޓު އާންމު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެ އެވެ.

މެންބަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ލިސްޓް އާންމު ކުރުމަށް ހުރަސް އެޅުމަށާއި އިތުބާރު ގެއްލުވާލުމަށް އަސްލެއް ނެތް ކިތަންމެ ލިޔުންތަކެއް ހަދާ ނެރުނު ނަމަވެސް އެ ހިޔާނާތުގައި ޝާމިލްވާ ހުރިހާ އެންމެންގެ ލިސްޓް އާންމު ކުރާނެ ކަމަށެވެ.

https://twitter.com/muixxu/status/1392175854952730625?s=21

Advertisement
Allied — Dhen Online (box)

“ އެމްއެމްޕީއާރްސީގެ ލިސްޓު އާންމު ކުރުމަށް ހުރަސް އެޅުމަށާއި، އިތުބާރު ގެއްލުވާލުމަށް ކިތަންމެ އަސްލެއް ނެތް ލިޔުންތަކެއް ހަދައި ނެރުނަސް، މިކަމުގައި ޝާމިލްވާ ހުރިހާ އެންމެންގެ ލިސްޓު އާންމު ކުރާނެ” މުއިއްޒު ވިދާޅުވިއެވެ.

އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނާ ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއާއި އެމްޑީޕީ އަދި ޖޭޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި އޭރުގެ ބައެއް މިނިސްޓަރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން މި ލިސްޓުގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ބޭފުޅުންގެ އިތުރުން މީޑިއާގެ ބައެއް ބޭފުޅުންނާއި ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ވިޔަފާރި ކުންްފުނިތަކުގެ އިތުރުން އާންމުން ވެސް ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ލިސްޓަކީ އެސެސްޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައިފައިވާ ލިސްޓެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް