ޚަބަރު

ނަހުލާގެ ރައްދު: އަޅުގަނޑަކީ އަމިއްލަ ބޭނުމަށް އެއްވެސް މީހެއްގެ އަތުން ފައިސާ ހޯދަން ޖެހޭ ވަރުގެ މީހެއް ނޫން

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އާންމުކުރި އިރު އެ ލިސްޓުގައި ނަން އޮތުމުން މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާ އެކަން ދޮގުކޮށްފިއެވެ.

Ads by STELCO

މިކަމާ ގުޅިގެން ނަހުލާ ބުނީ އޭނާ އަކީ އަމިއްލަ ބޭނުމަށް އެއްވެސް މީހެއްގެ އަތުން ފައިސާ ހޯދަން ޖެހޭ ފެންވަރުގެ މީހެއް ނޫން ކަމަށެވެ. އަދި ނުވެސް އެނގި ހުއްޓާ އޭނާ ވަގަކަށް ހަދައިފި ކަމަށެވެ.

"ނުވެސް ދެނަހުއްޓާ އަޅުގަނޑު ވެސް މިއޮތީ ވަގަކަށް ހަދާފަ" ނަހުލާ ބުނެފައިވެއެވެ.

އެ ލިސްޓުގައި ވަނީ 2015 ވަނަ އަހަރު ޕީޕީއެމްގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލި ނަހުލާގެ ކެމްޕެއިނަށް ލާރި ދިން ކަމަށް މުހައްމަދުގެ ފޯނުގައި ނޯޓު ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ނަހުލާ ބުނީ ޕާޓީއަކުން ކުރިމަތިލައިފި އެ ޕާޓީއަކުން ކެމްޕެއިން ކުރުމަށް ފައިސާ ދޭނެކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ.

އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ފައިސާ އެ އަހަރު ޕީޕީއެމްގެ ކެމްޕެއިންއަށް ހޭދަކުރިކަން އެނގުނީ އެ ލިސްޓު ފެނުމުން ކަމަށެވެ. މީގެ އިތުރުން އެނގިހުރެ އެފަދަ ހިޔާނާތުގެ ފައިސާއެއް ބޭނުން ނުކުރާނެ ކަމުގެ ޔަޤީންކަން ވެސް ނަހުލާ ދީފައިވެއެވެ.

ނަހުލާ ވަނީ ޕާޓީތަކުގެ ވެރިން ވައްކަން ކޮށްގެން ފޭރިގެން ހޯދާ ފައިސާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ނުދިނުމަށް ވެސް ގޮވައިލައިފައެވެ.

  1. އެއުޅެނީީ އެކަންބޭޒާރުވީމަފަސްއަޅާފޮރުވަން

  2. އަލީ

    ފިލްމެއް ހަދަން ވީނު ދެން