Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރުން ފަސްކޮށްފި

މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިޚާބު ކުރުން ފަސްކޮށްފި

މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރުން ފަސްކޮށްފިއެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން ފަސްކުރަން ޖެހިފައިވަނީ ހުރިހާ ކައުންސިލަރުން މާލޭގައި ނެތުމުންނެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި މާލެސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުންނާއި މޭޔަރު، މަގާމުގެ ހުވާ ކުރައްވާފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު މާލެސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑެޕިއުޓީ މޭޔަރަކު ހޮވުން ފަސްކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގާފައިވާކަމަށެވެ.

މާލޭ ސިޓީގެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދު ﷲ ނާސިރާއި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީން 400 ގޮނޑިއާ އެކު ކައުންސިލުތަކުގެ އަގުލަބިއްޔަތު ނެގިއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ 325 ގޮނޑި ކާމިޔާބުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް