Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އައްޑޫން 22 މީހުން ބަލިން ރަނގަޅުވެ، އެކްޓިވް ކޭސްތަކުގެ އަދަދު 112އަށް

އައްޑޫން 22 މީހުން ބަލިން ރަނގަޅުވެ، އެކްޓިވް ކޭސްތަކުގެ އަދަދު 112އަށް

އައްޑޫން އިތުރު 22 މީހުން ބަލިން ރަނގަޅުވެ، އެކްޓިވް ކޭސްތަކުގެ އަދަދު 112 އަށް އަރައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އަލަށް ފައްސިވެފައި ވަނީ އެންމެ މީހެކެވެ. ހޮސްޕިޓަލުގައި 2 މީހަކަށް ފަރުވާދެމުންދާއިރު އައްޑޫ ސިޓީން ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 134 އަށް އަރާފައެވެ.

އައްޑޫ ސިޓީން މިހާތަނަށް ޖުމްލަ 2273 ސާމްޕަލެއް ވަނީ ނަގައިފައެވެ. އަދި ފައްސިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ޖުމްލަ 383 މީހުން ފާހަގަކުރެވިފައި ވެއެވެ. މިއަދު އާއްޑޫ ސިޓީން ނެގުނު ސާމްޕަލްތަކުގެ އަދަދަކީ 107 އެވެ.

Advertisement
HDC — Sidebar (box)

އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން ހަވީރު 18:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގަމުން ދާއިރު އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް