ޚަބަރު

ކޮވިޑް-19: ލ. މާމެންދޫން ކުޑަކުއްޖަކު ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ލ. މާމެންދޫން ކުޑަކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

“ދެން” އަށް މައުލޫމާތު ދެމުން މާމެންދޫ ޞިއްޙީ މަރުކަޒު މެނޭޖަރ މިސްބާހް އަބޫބަކުރު ވިދާޅުވީ ކުޑަކުއްޖަކާ އެކު އިތުރު 4 މީހުން އެ ރަށުން ފައްސިވެފައި ވާކަމަށެވެ. މިއާއިއެކު ޖުމްލަ 5 މީހުން މާމެންދޫން ވަނީ ފައްސިވެފައެވެ.

ފައްސިވި 5 މީހުންވެސް މިހާރު ވަނީ ކަރަންޓީނު ކުރެވިފައި ކަމަށާއި، އެމީހުންނާ ގާތުން ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް މިސްބާހު ވިދާޅުވިއެވެ.

އެ ރަށުން އަލަށް ފައްސިވެފައި ވަނީ 10 އަހަރުގެ ކުޑަކުއްޖެކެވެ. އެ ކުއްޖާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ވަނީ ގޯސްވެފައެވެ. އަދި ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ވެސް އިތުރު 1،187 މީހުން ރާއްޖެއިން ކޮވިޑް-19އަށް ފައްސި ވެފައިވެއެވެ.

Ads by HDC
  1. ޯނޯ ވަން

    ވ ދެރަ