ޚަބަރު

އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ދެމީހުން ޕީޖީން އެދުމުން ދޫކޮށްލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މާލޭ މަގުމަތިން ގަދަކަމުން އަންހެނަކު ގޯޅި ގަނޑެއްގެ ތެރެއަށް ވައްދައި ރޭޕްކުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ދެ މީހުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެންގި އެންގުމަށް ބަންދުން ދޫކޮށްލައިފިއެވެ.

Ads by Hajj Corporation

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ. މި ދެމީހުން ވެސް ދޫކޮށްލީ އެއްފަހަރުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މި މަހުގެ 19 ވަނަ ދުވަހު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ކްރިމިނަލް ކޯޓުުން ބުނީ އެ ދެމީހުން ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެދުމުން ފުލުހުންގެ ފޯމުގެ އެދިފައިވާ ސްޓޭންޑް ބަދަލުކޮށް ދެމީހުން ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ.

އެގޮތުން އާދަމް ވިޝާން ބަންދުން ދޫކޮށްލަން އަމުރުކުރީ، އޭނާގެ މައްޗަށް ތަހުގީގު ފުރިހަމަ ކުރުމަށް ފަހު، އޭނާގެ މައްޗަށް ހުށަހަޅައިފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށް ޕީޖީ އޮފީހުން ޝަރުތުކޮށް އޭނާ ދޫކޮށްލަން އެދިފައިވާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އަދި އަލީ ރަޝީދު ދޫކޮށްލީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ޝަރުތުކޮށް ދޫކޮށްލުމަށް ޕީޖީ އޮފީހުން އަމުރުކޮށްފައި ވާތީކަމަށް އަމުރުގައި ބުނެފައި ވެއެވެ. އަލީ ރަޝީދު ބަންދުގައި ހުއްޓައި އޭނާ ކޮވިޑް19އަށް ފައްސިވެ އެކަހެރި ކޮށްފައިިވާތީ، އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރީ އޭނާގެ ޣައިރު ހާޒިރުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!