މަނީ ހައިސްޓް ސީޒަން 5 އަންނަނީ

ދިވެހިންގެ މެދުގައި މަޝްހޫރު ވެބް ސީރީޒީ މަނީ ހައިސްޓްގެ ސީޒަން 5 އަންނަ ސެޕްޓެމްބަރ މަހުގެ 3 ދައްކަން ފަށަން ނިންމާފައިވާކަމަށް ނެޓްފްލިކްސްއިން ބުނެފިއެވެ.
މަނީ ހައިސްޓް ސީޒަން ފަހެއްގެ އޮފިޝަލް ޓްރެއިލާ ވެސް މިހާރު ދައްކާފައިވާއިރު އޮފިޝަލް ޓްރެއިލާއަށް އާންމުންގެ ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ. ޓްރެއިލަރ ނެރުމާ އެކު މިހާ ހިސާބަށް މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ޔޫޓިއުބް މެދުވެރިކޮށް ބަލައިފައެވެ.
2017 ވަނަ އަހަރު ނެޓްފްލިކްސް އިން ދައްކަންފެށި މި ސީރީޒަށް ވަނީ ހީނުކުރާ ވަރުގެ ބޮޑު އޯޑިއެންސްއެއް ލިބިފައެވެ. މިސީރީޒްގެ ސީޒަން ހަތަރެއް ނިންމާލާފައި ވަނީ ނައިރޯބީގެ މަރާއެކުގައި ބެލުންތެރިންގެ ހިތް ރޮއްވައިލާފައެވެ. އެއާ އެކު ނައިރޯބީއަށް ޓަކައި ހައިސްޓުގައި ހިމެނޭ މެމްބަރުން ވަނީ ހައިސްޓު ކާމިޔާބު ކުރުމަށް އަޒުމް ކަނޑައަޅައިފައެވެ. އަދި ސީޒަން ހަތަރެއް ނިންމައިލި އިރު، ޕްރޮފެސަރގެ ލޯބިވެރިޔާ, ކުރީގެ އިންސްޕެކްޓަރ ރިކޭލް ވަނީ ހައިސްޓާ ގުޅިފައެވެ.
2017ވަނަ އަހަރު މި ސީރީޒް ނެޓްފްލިކްސްގައި ރިލީޒް ކުރީއްސުރެ އެންމެ ގިނަ މީހުން ބެލި ސީރީޒްއަކަށް މަނީ ހައިސްޓް ވާނެއެވެ. އަދި މިހާރު ވެސް އެންމެ ގިނަ މީހުން ބަލަމުންދާ އަދި އިންތިޒާރު ކުރަމުން އަންނަ ސީރީޒްތަކުގެ ލިސްޓުގައި މަނީ ހައިސްޓް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.