Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 148 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފި

ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 148 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފި

ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި، ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ދޭ ފްރަންޓް ލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 148.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ 24ވަނަ ދުވަހާ ހަމައަށް، 11،625 މީހަކަށް ފްރަންޓްލައިން އެލަަވަންސް ވަނީ ދީފައެވެ.

އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮވިޑް ބަލި މީހުންނާ ދިމާވާ، ރިސްކު ބޮޑު މުވައްޒަފުންނަށް ދުވާލަކަށް 500 ރުފިޔާ، ހައި ރިސްކު މީހުންނާ ދިމާވާ ދެވަނަ ގިންތީގެ މުވައްޒަފުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެޗްއީއޯސީގައި އެހެނިހެން މަސައްކަތް ކުރާ އެންމެ ލޯ ރިސްކް މުވައްޒަފުންނަށް ދުވާލަކަށް 200 ރުފިޔާ ދެއެވެ.

Advertisement
Allied Insurance — Square (box)

ކުރީ ސަފުގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހަކާ ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނާއި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަން ޖެހޭ މީހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް