މިއަދުގެ ދެވަނަ މަރު، މެއި މަހު ނިޔާވި މީހުންގެ އަދަދު 80އަށް

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައި ވަނީ 47 އަހަރުގެ ފިރިހެނެކެވެ.
މި މަރާއެކު މެއި މަހު ކޮވިޑް-19ގައި ނިޔާވި މީހުންގެ އަދަދު މިވަނީ 80އަށް އަރައިފައެވެ. އަދި މުޅި ޖުމުލަ ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިވަނީ 153އަށް އަރައިފައެވެ.
ރޭ ފަތިހު ވެސް 54 އަހަރުގެ މީހަކު ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވެއެވެ. އެމީހާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.