Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އައިސީޔޫގައި ބަލި މީހުންނަށް ފަރުވާދެނީ ސޫރަތުއްރަޙްމާން ޖަހައިގެން

އައިސީޔޫގައި ބަލި މީހުންނަށް ފަރުވާދެނީ ސޫރަތުއްރަޙްމާން ޖަހައިގެން

ކޮވިޑް ބަލި މީހުންގެ އިތުރުން އެހެނިހެން ބަލިމީހުންނަށް ފަރުވާދެނީ ބަލި މީހުންނަށް ޤުރްއާން އިއްވައިގެން ކަމަށް ޕާކިސްތާނުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރެއް ބުނެފިއެވެ.

ޕާކިސްތާނުގެ ލާހޯރް ސަރވިސަސް ހޮސްޕިޓަލުގައި އައިސީޔޫގައި ފަރުވާދެމުންދާ ބަލިމީހުންނަށް ޝިފާއެއްގެ ގޮތުން ޤުރްއާން ޖެހުމަކީ އާންމުކޮށް އެ ހޮސްޕިޓަލުން ކުރަމުން އަންނަ ކަމެކެވެ. އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރެއް ބުނި ގޮތުގައި އުންމީދު ކަނޑައިލާފައި ތިބޭ ބަލި މީހުންނަށް ވެސް ގުރްއާން ޖަހައިގެން ފަރުވާދޭން ފެށުމުން ޝިފާ ލިބެއެވެ.

ލާހޯރް ސަރވިސަސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ ސޫރަތުއްރަޙްމާން ޖަހައިގެންނެވެ. އެ ސޫރަތް ކޮންމެ ދުވަހެއްގެ ހެނދުނާ، މެންދުރާ އަދި ހަވީރު ވެސް އައިސީޔޫގައި ޖަހާކަމަށް ހޮސްޕިޓަލުން ބުނެއެވެ. އައިސީޔޫއިން ފަރުވާ ހޯދުމަށްފަހު ޝިފާ ލިބިގެން ނިކުންނަ ކޮންމެ މީހެއް ވެސް ބުނަނީ ހަމަ އެންމެ ވާހަކައެކެވެ. އެއީ ޤުރުއާން އަޑު އެހުމުން ހިތަށް ހަމަޖެހުން ލިބޭކަމެވެ. އަދި ބައްޔަށް ބޭސްކާ ފަދައިން ޤުރުއާނަކީ ވެސް ރަނގަޅު ފަރުވާއެއްކަމަށް އެންމެން ވެސް ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

މުސްލިމުންގެ ދުސްތޫރު ، ޤުރުއާނަކީ ހުރިހައި ބައްޔެއްގެ ޝިފާއެއްގެ ގޮތުގައި ބާއްވައިލައްވާފައިވާ ފޮތެކެވެ. ކީރިތި ޤުރުއާނުގެ ހަމަ ކޮންމެ ސޫރަތަކީ ވެސް ބަލިތަކަށް އޮތް ޝިފާއެކެވެ. ޤުރުއާން އަޑުއަހައިގެން ހިތަށް ފިނިކަން ލިބެއެވެ. މިއީ އަޅުގަނޑުމެން އެންމެން ވެސް އިބުރަތް ހާސިލްކުރަންވީ ކަމެކެވެ. އަޅުގަނޑުމެން ފަދަ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގައި ވެސް މިފަދަ މަންޒަރުތައް ފެންނަން ޖެހެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް