ނ.ވެލިދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

ނ.ވެލިދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ވެލިދޫ ސިއްހީ މަރުކަޒުން ވިދާޅުވީ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން އޭނައާ ގާތުން ބައްދަލުވި ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ފައްސިވި މީހާއަކީ ކަރަންޓީނުގައި ނެތް މީހަކަށް ވާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާއިރު އަޅާ ފިޔަވަޅެއްގެ ގޮތުން މިރޭ 09:00އިން ފަށައިގެން ރައްޔިތުން ބޭރަށް ނުކުމެ ނޫޅެން ވެސް ސިއްހީ މަރުކަޒުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ކޭސްއާ ގުޅިގެން އެރަށުގެ 09 ގެއެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.