Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުޅުދުއްފުއްޓަށް ގެންދިޔަ މާބަނޑު އަންހެނަކު ލޯންޗުތެރޭގައި ވިހައިފި

ކުޅުދުއްފުއްޓަށް ގެންދިޔަ މާބަނޑު އަންހެނަކު ލޯންޗުތެރޭގައި ވިހައިފި

ހދ ހަނިމާދޫ ސިއްހީ މަރުކަޒުން، އެއަތޮޅު ކުޅުދުއްފުއްޓަށް ފޮނުވައިލި މާބަނޑު އަންހެނަކު ލޯންޗުތެރޭގައި ވިހައިފިއެވެ.

“ދެން” އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ހެލްތު ސަަރވިސް މެނޭޖަރު، އަހުމަދު ދާވޫދު ވިދާޅުވީ އެމީހާ ހަނިމާދޫ ހޮސްޕިޓަލަށް ދައްކައިފައި ވަނީ ފަތިހު 04:45 ގައި ކަމަށެވެ. ޑޮކްޓަރަށް ދެއްކި އިރުވެސް ހާލު ރަނގަޅު ކަމަށާއި، އެ މީހާ ފުރުވައިލި އިރު ބަނޑުގައި ރިއްސާކަމަށާއި، ކުޅުދުއްފުއްޓަށް ފޮނުވާފައިވަނީ 2 ނަރުހުންނާއި 1 ކޮމިއުނިޓީ ހެލްތް އޮފިސަރަކާ އެކުގައި ކަމަށެވެ. އަދި ވިހެއީ އެމީހުންގެ އެހީތެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދާވޫދު ވިދާޅުވީ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށާއި ވިހައިފައި ވަނީ ފިރިހެން ކުއްޖެއް ކަމަށެވެ. ވަރަށް ގާތުން ދެމައިންގެ ހާލު ވެސް ބަލަމުންދާ ކަމަށާއި އަލަށް އުފަންވި ކުއްޖަކީ އުމުރުން 43 އަހަރުގެ އެ އަންހެން މީހާގެ 6 ވަނަ ދަރިފުޅު ކަމަށް ވެސް ދާވޫދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ލޯންޗު ކުޅުދުއްފުއްޓާ ކައިރި ކުރި އިރު އެންބިއުލާންސް ތައްޔާރަށް އޮތް ކަމަށާއި ވަގުތުން ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފެށުނު ކަމަށް ވެސް ދާވޫދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް