މިއީ ނަސީމް ހެލްތު ދާއިރާއިން އެއްފަރާތް ވާންވީ ވަގުތު: އުޝާމް
މި ނާޒުކު ވަގުތަކީ ހެލްތު މިނިސްޓަރކަމުން ކެރަފާ އަހުމަދު ނަސީމް އެއްފަރާތް ވާންވީ ވަގުތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
“މިކަން ވެސް އެންމެ ރަނގަޅަކަށް ނުދިޔަ. މިނިސްޓަރ ނަސީމްއަކީ ތެދުވެރި ބޭފުޅެއް، އަދި މަސައްކަތް ކުރަމުން ދަނީ ކުރެވޭނެ އެންމެ ރަނގަޅަށް.. އެހެން ނަމަވެސް ކަންކަން ކުރެވޭ ވަރުގެ މައްސަލަތަކެއް މިއުޅެނީ.. ބައެއްފަހަރު ނުވިކަން ގަބޫލު ކުރުން އެއީ މައްސަލައެއްނޫން.. މި ނާޒުކު ވަގުތުގައި ހެލްތުދާއިރާ ލީޑް ކުރަން އެންމެ ރަނގަޅު މީހާކަމަށް ގަބޫލެއް ނުކުރަން” އުޝާމްގެ ޓްވީޓެއްގައި ވިދާޅުވިއެވެ.
އެޗްޕީއޭގެ އިހުމާލުން ފަރުވާ ނުދެވުމުގެ ސަބަބުން ނިޔާވި އުމުރުން އެންމެ 10 އަހަރުގެ މިޝްކާގެ މަރާ އެކު މިނިސްޓަރ ނަސީމްގެ އިސްތިއުފާއަށް ގޮވާ އަޑުތައް މީސްމީޑިޔާގައި ވަނީ ގަދަވެފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ނަސީމް މިނިސްޓަރު ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލަ ބައްލަވަމުން އަންނަ ކަމަށާއި އެ ހާދިސާ ހިނގައިދިޔަ ގޮތް ރޭގެ ނިޔަލަށް ސާފުވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި އިހުމާލުވާ ބަޔަކު އެ ތަހުގީގުން ސާފުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިޝްކާ މަރުވުމުގައި އިހުމާލު އޮތްކަމަށް ދެކެވަޑައިގެން އިސްތިއުފާ ދެއްވަންޖެ ހޭ ކަމަށް ގަބޫލު ކުރައްވަންތޯ ވެސް ރޭގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ހެލްތު މިނިސްޓަރާ ސުވާލު ކޮށްފައެވެ.
"އަޅުގަނޑު މި ކަންތައްތައް ބަލަމުން މިދަނީ. ރިޕޯޓްތަކަށް ބަލައިފައި ސީދާ އަޅުގަނޑުގެ އިހުމާލެއް އުޅޭތޯ ވެސް ބަލާނަން. އެ ކަންކަމަށް ބަލާފައި ތި ސުވާލަށް އަޅުގަނޑު ޖަވާބު ދޭނަން،" މިނިސްޓަރ ނަސީމު އެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ.
މިޝްކާއަށް ފަރުވާ ލިބުމުގައި އިހުމާލު އެބަ އޮތްކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ބަލައި އެކަމުގައި އިހުމާލުވި ހުރިހާ ފަރާތެއް ހޯދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މާތްކަލާކޯ ކުށްޖަކުމަރުވީމަވެސް އިސްތިޔުފާ އިސްތިޔުފާދިނީމާ މިޤަޢުމުގާއެމީހަކުއެކަމުން އެބަރިޔަވީ ކަމަކުނުދޭ ހަވާލުވެތިބިވެރިންހައްޔަރުކޮށްގެންތަހުގީގުހިންގަންވީ…..
އިސްތިޔުފާދިނީމާވެންޓިލޭޓަރުގެއަޑެއްބަޑެށްވެސްނީވެ..
އެހެންވެކަމުނުދަނީ….