ޚަބަރު

ހުއްދަ ލިބުނުހާ އަވަހަކަށް ވެކްސިންގެ އަގުތައް ހާމަކުރާނަން-ހެލްތު މިނިސްޓަރ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

 

Ads by STELCO

ސަރުކާރުން ނިންމަވައިފައި ވަނީ ވެކްސިނެއް އުފައްދާ ކުންފުންޏަކުން ސީދާ އެ ވެކްސިން ގަތުމަށް ކަމަށާއި، ވެކްސިން ގަންނަ އަގުތައް ހާމަކުރުން އެގައުމުތަކުން މަނާ ކޮށްފައިވާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19 ވެކްސިން ގަންނަ އަގުތައް ހޯދުމަށް ބައެއް ފަރާތްތަކުން ސުވާލުކުރަމުން ގެންދާކަ މަށާއި އަގުތައް ހާމަކުރުން މަނާވެފައި ވަނީ ވެކްސިން ވިއްކާ ގައުމުތަކުން އެކި ގައުމުތަކަށް ވެކްސިން ވިއްކަމުން ދަނީ އެކި އަގުތަކުގައި ވުމުން ކަމަށެވެ. އެހެން ނަމަވެސް ވެކްސިން ގަނެފައި ވާނީ އެހާ އަގުބޮޑުކޮށް ނޫންކަމަށް ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސަޕްލައި އެގްރިމެންޓްގައި ބަލަންޖެހޭ އެތައް ކަމެއް ހުންނަކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ވެކްސިން ގަންނަ އަގުތައް ހޯދުމަށް ބައެއް ފަރާތްތަކުން ސުވާލުކުރަމުން ގެންދާކަމަށާއި ނަމަވެސް ވެކްސިން ގަންނަ އަގުތައް ހާމަކުރުން އެގައުމުތަކުން މަނާ ކޮށްފައިވާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މިހާރު ވެސް ވަނީ 1،000،000 ޑޯޒްގެ ވެކްސިން ހޯދަން އެކި ފަރާތްތަކަށް ފައިސާ ދައްކައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ އެސްޓްރާޒެނިކާއިން 700،000 ޑޯޒް އާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން 300،000 ޑޯޒްއެވެ.

މީގެ އިތުރުން ރާއްޖެއިން ވަނީ ސްޕަޓްނިކް ވެކްސިންގެ 200،000 ޑޯޒްގެ ވެކްސިން ގަތުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުން އެކުލަވައިލި 500،000 ޑޯޒް ހަދިޔާކުރަން އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށައަޅާފައިވަނިކޮށް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެހެން ނަމަވެސް ހެލްތު މިނިސްޓަރ ވިދާޅުވީ، އެ ހުށައެޅުން ލިބުމާ ގުޅިގެން އެ ސިޓީގެ ސައްހަކަން ބެލުމަށް ފޮރިން މިނިސްޓްރީއަށް ހުށައެޅި ކަމަށާ މިނިސްޓްރީން ބެލި ބެލުމުން އެ ކުންފުނިން ހުށައަޅައިފައި ވަނީ ފޭކު ޑޮކިއުމަންޓްތަކެއްކަން އެނގިފައިވާ ކަމަށެވެ.

މި ފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތައް ކަމަށާއި މިފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

  1. އަދުލީ

    މި މިރާއްޖޭގެ މިހާރު އެންމެ ބޮޑަށް ފެއިލްވެފަވާ ފަރާތް..

  2. މާހިރު

    އިސްތިއުފާ. ކޮވިޑު މެނޭޖުނުކުރެވުނު. ސިއްހީ މަރުކަޒުތައް ހޮސްޕިޓަލުތައް ފުނޑިއްޖެ

  3. ކިންމު

    އަތޮޅުތަކުގެ ސިޔާސީ ވެރިން މި އަންގަނީ ފެއިލުވެއްޖެކަމަށް