ރިޕޯޓް

ފައިސާތައް ހަލާކުވި ބިދޭސީ މީހާއަށް އެހީތެރިވެ ޒައިދާންގެ މެެސެޖެއް މުޖުތަމަޢަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރާއްޖޭގައި އެންމެ ބުރަ މަސަައްކަތެއް ކުރާ އެއްބަޔަކީ ބިދޭސީންނެވެ. އާއިލާއާއި އަމިއްްލަ ވަޒަން ދޫކޮށް އަނބިދަރިން ނުވަތަ މައިންބަފައިންނަށް ޓަކައި އެތައް ދަލެއް އޮހޮރުވައިގެން މިންނެތް މަސައްކަތް ކުރާ ބިދޭސީން މި ރާއްޖޭގައި ވަރަށް ގިނައެވެ.

Ads by STELCO

ނިމިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ހއ.ހޯރަފުށީގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާއެއްގައި ހަމަ މިފަދަ މިންނެތް މަސައްކަތްތެރި، ބިދޭސީއަކަށް ވަނީ ނުހަނު ބޮޑު ގެއްލުންތަކެއް ލިބިފައެވެ. އެހައި ދުވަހުން އޭނާ އެއްކުރި ފައިސާ ތަކުގައި ހުޅު ހިފައި، ބޭނުން ނުކުރެވޭ ވަރަށް އެ ފައިސާތައް ވަނީ އަނދައިފައެވެ. ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވި ފޮޓޯތަކުން އެ ބިދޭސީ މީހާގެ ހިތުގެ އިހުސާސްތައް ބުނެދިން ފަދައެވެ. އޭނާ ހުރީ ބޮލުގައި އަތް އަޅައިގެން ގޮތް ހުސްވެ، ހަލާކުވެފައިވާ ފައިސާތައް ހިފަހައްޓައިގެން ރޯށެވެ.

ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯ

މީސްމީޑިއާގައި މި ފޮޓޯތައް ދައުރުވާން ފެށުމާއެކު ރާއްޖޭގެ އެތައް ބައެއްގެ ސަމާލުކަން މި ފޮޓޯތަކަށް ހުއްޓުނެވެ. އޮންލައިން ނޫސްތަކުގެ ފަލަ ސުރުހީތަކުން އެދުވަހު ފެނުނީ މިޚަބަރެވެ. ޚަބަރު ކިޔާލުމަށް ފަހު "ސޭޑް ރިއެކްޓް" ކޮށްލައި ޕޯސްޓް ޝެއާ ކުރާ މަންޒަރު ފެނުނެވެ. އަދި އެ ފޮޓޯތައް ޝެއާރކޮށް ނައްސި ބައެއް ވާހަކަތައް ވެސް އެމީހާއަށް އަމާޒުކޮށް އެތައް ބަޔަކު ލިޔެފައި އޮތެވެ.

މި ބިދޭސީ މީހާގެ 5340 ރުފިޔާ އަނދައި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އޮތުމުގެ ސަބަބުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އޭނާއަށް 5000 ރުފިޔާގެ އެހީއެއް ދެއްވިކަމަށް ނޫސްތަކުގައި ލިޔެފައި އޮއްވައި ދުށީމެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އެ ބިދޭސީއަށް އެހީ ވެދިނީ ހަމައެކަނި އެމްޕީ ސަލީމް އެކަނި ނޫންކަމެވެ.

ގދ. މަޑަވެއްޔަށް އުފަން އުމުރުން އެންމެ 22 އަހަރުގެ ޒައިދާން ޖަމީލް ވަނީ އެ ބިދޭސީ މީހާއަށް އެހީތެރިކަން ފޯރުކޮށްދީ، އަދުގެ ޖީލަށް ފުރިހަމަ ނަމޫނާއެއް ދައްކައިފައެވެ.

ޒައިދާން ޖަމީލް، 22 އަހަރު. ގދ. މަޑަވެލި

"ދެން"އަށް މައުލޫމާތި ދެމުން ޒައިދާން ބުނީ އެންމެ ފުރަތަމަ ސޯޝަލް މީޑިއާގެ ތެރެއިން އެ ފޮޓޯ ފެނުނު ހިސާބުން ވެސް ވަރަށް ދެރަވި ކަމަށެވެ. ހިތަށް އެތައް އަސަރުތަކެއް ކުރި ކަމަށެވެ. އަދި ފޮޓޯގެ ކޮމެންޓު ސެކްޝަނުގައި ބައެއް ފަރާތްތަކުން ކޮށްފައިވާ "ނެގެޓިވް" ކޮމެންޓުތަކާއި، ފޮޓޯއިން ފެންނާން ހުރި ބިދޭސީ މީހާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން، އެކަމުގެ ސަބަބުން އޭނާގެ ހިތަށް ކުރާނެ އަސަރު ސިކުނޑިއަށް ނަގައިގަނެވުނީ ކަމަށެވެ.

އެހެންކަމުން ޒައިދާން ބޭނުންވި ޒައިދާންއަށް ވެވެން އޮތް މިންވަރަކުން އެ ބިދޭސީއަށް އޭނާގެ އެހީތެރިކަން ފޯރުކޮށްދޭށެވެ.

ހަމައެކަނި ސޭޑް ރިއެކްޓަކުން ނިންމާލަން އަޅުގަނޑު ބޭނުން ނުވީ. އައި ޑިޑިންޓް ޑޫ ދިސް ފޯ އެޓެންޝަން.

އޭނާ އެންމެ ބޭނުންވަނީ މުޖުތަމައު ބަނގްލަދޭސީންނާ މެދު ދެކޭގޮތް ބަދަލުކޮށް އެމީހުންނާ މެދު ދިވެހިން އަޅައިލައި އޯގާތެރިވާ މަންޒަރު ދެކޭށެވެ. އަމިއްލަ ރައްޓެހިން ފަދައިން އެމީހުންނާ ވެސް އެ ގާތްކަމާއި ހިތްހެޔޮކަން ބާއްވާ މަންޒަރު ދެކެން ޒައިދާން ބޭނުންވެއެވެ.

ފޭސްބުކުގައި ފޮޓޯ ދައުރުވާން ފެށުމުން ޒައިދާން ވަނީ އޭނާއާ ބެހޭ މައުުލޫމާތު އެނގެން ބޭނުންވާ ކަމަށާއި، އޭނާއަށް އެހީތެރި ވެދޭން ބޭނުންވާ ކަމަށް ބުނެ ފޭސްބުކުގައި ޕޯސްޓު ޝެއަރ ކޮށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި ޒައިދާންގެ ފޭސްބުކު ރައްޓެއްސެއް ކަމަށްވާ ހޯރަފުއްޓަށް ނިސްބަތްވާ އަޔާޝް އަލީގެ އެހީތެރިކަމާއެކު އޭނާގެ ފުރިހަމަ މައުލޫމާތު ޒައިދާންއަށް ހޯދުނެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ހަލުވި ކަމާއެކު ރާއްޖޭގައި ފެތުރެމުން އަންނަ ދުވަސްތަކަކަށް ވުމުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ. އެހެންކަމުން ޒައިދާން އެ ބިދޭސީ މީހާއަށް ދޭން ބޭނުންވި ފައިސާ އެރަށުގެ އިތުބާރު ކުރެވޭ މީހަކަށް ޖަމާކުރީއެވެ. އަދި އޭނަގެ ނަމުގައި އެ ފައިސާ އެ ބިދޭސީ މީހާއާ ހަވާލު ކުރީއެވެ.

ޒައިދާންގެ ފަރާތުން ފޮނުވި ފައިސާ ހަވާލު ކުރުމުގެ ތެރެއިން

ޒައިދާން ވަނީ އެ ބިދޭސީ މީހާއަށް 3000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިއީ އުމުރުން އެންމެ 22 އަހަރުގެ ޒުވާނެއް އަމިއްލައަށް އިސް ނަގައިގެން ދެއްކި ވަރަށް ވެސް ފުރިހަމަ ނަމޫނާއެކެވެ. މިއަދު އަޅުގަނޑުމެންގެ މި ގައުމުން ދެކެން ބޭނުން ވަނީ މިފަދަ ޒުވާނުންނެވެ. އެކަކު އަނެކަކަށް އަޅައިލައި އެއްވެސް ފަރަގެއް ނުގެންގުޅޭ އެއްބައިވަންތަ ބައެކެވެ. މިއަދު ގދ. މަޑަވެލި ރައްޔިތުންނާއި ޒައިދާންގެ މައިންބަފައިން ވެެސް އޭނާއާ މެދު ފަޚުރުވެރި ވާނެކަން ގައިމެވެ. އޭނާ އިސްކުރީ ފައިސާއަށް ވުރެ އިންސާނިއްޔަތުކަމެވެ.

Ads by HDC
  1. ހަނއކަޅޭ

    ގަވައިދާހިލާފަށް ހޯދާ ފައިސާ މި ގައުމުން ބޭރުކުރެވިގެންނުވާނެ އެއީ ތަހުގީގުކޮށް އަތުލެވެންޖެހޭނެ އެއްޗެއް

    • ޯޯޮިުއާޝިޔާ

      ހުއް ����

    • ާއާޝިޔާ

      ހުއް

    • ލިލީ

      ގަވާއިދާ ޙިލާފައް އެމީހުން އުޅެން މަޖުބޫރު ކުރުވާ މީހުން ހޯދާ އެމީހުންނަށް އަދަބު ދީބަލަ.ނިކަމެތިން ނިކަމެތި ކުރާ އުސޫލު ދެއްތޯ ތިބޭފުޅާވެސް ގެންގުޅެނީ. އިންސާނިއްޔަތު ކަމަށްވުރެ ފައިސާ މުހިއްމުވީމާ އެ ވަރަށްވެސަ ހިތާމަ ހުރިކަމެއް.

    • ވަހީދު

      ަގާނޫނުގައިވާ ގޮތުން ގަވާއިދާއި ޚިލާފަށް ވެސް މީހަކު ލައްވައި މަސައްކަތެއް ކުރުވިޔަސް މުސާރަ ދޭން ޖެހޭނެކަމަށް. ދެން ކިހިނެތް އެފަދަ ފައިސާއެއް އަތުލެވޭނީ. ފޭރެން ނޫޅޭތި.

    • ޖަވިޔަނި

      އެމީހުން އެހާލުގައި ޖެއްސި ބަޔަކު ހޯދާ އަދަބު ދޭކަށް ނުޖެހޭތަ؟

    • މޮޔަ

      ބޭކާރު ވާހަކަ ނުދައްކާ ތިބޭ އިގޭ

  2. ކަމަނަ

    ބޭނުން ވަނީ މިޤައުމަށް ތިކަހަލަ ޒުވާނުން… ޒައިދާން އަށް ހެޔޮ ރަހިމަތް ލައްވާ މުދަލުގައި ބަރަކާތް ލައްވާށިއެވެ…

  3. ނަހޫ

    ޒައިދާން އަށް އަދަވުރެ ފަޙި މުސްތަގުބަލެއް ދެއްވާސި

    • ާއަންގަ ގަދަ

      ވިސްނާ ؟؟؟؟؟!!!!

  4. ޣޯސް

    ޒައިދާންް މިދިޔަހަފުތާގައިި ދިވެހިި އާއިލާގެެ އެތަށްބަޔަކުވަނީީ ގެދޮރުު އަދާާ ދިރިއުޅުންް ހަލާކުވެފަަ އެހީއެއްދިނިންތ؟

    • ޙުުުނާ

      ތީނަ އެއްވެސް ބަޔަކަށް އެހީވިންތަ؟

  5. ޓިނޭ

    ތިޔަ ކުރީ ވަރައް ރަނގަޅު ކަމެއް.އެކަމު މުޅި ދުނިޔެއަށް ހާމަކުރުން ކަޑަ.

  6. ސައިފް

    ޒައިދާން އަށް ﷲ އުފާފާގަތި މުސްތަގްބަލެއް ދައްވާށި. އަޅުގަނޑު މިފަސްގަޑުގައިއުޅޭ އެއްވެސް ބިދޭސީއަކަށް އަނިޔާއެއް ގެއްލުމެއް ލިބުމަކަށް ނޭދެން. އެހެންނަމަވެސް މިތަނަށް ކޮންމެ ހާލެއްގައި އައި ކަމުގައި ވިޔަސް މަސައްކަތްކުރުމަށް އަންނަ ގިނަ ބަންގާޅީންނަކީ މަސައްކަތަށް މަކަރުހަދާ ހީލަތްތެރި އަދި ވިޔާނުދާ އާދަކާދަ ގެންގުޅޭ ހަރުކަށިބައެއް. ވެދާނެ ބޮޑަށް ތައުލީމު ނެތީމަކަމަށްވެސް. ކޮންމެގޮތަކުންވިޔަސް މިމީހުންގެސަބަބުން ދިވެހިންގެ ތެރެއަށް ވިޔާނުދާކަންތައް ގިނަވެ ލިބޭގެއްލުންވެސް ކުޑައެއްނޫން. އެހެންކަމުން މިމީހުން ގައުމުން ބޭރުކޮށް ހުސްކޮށްލަން އެދެން.

  7. ޙަޤީޤަތް

    ކިހިނެއް ބޭރުމީހުން މިޤައުމުން ބޭރު ކުރެވޭނީ. ދިވެހިޒުވާނުން ނަކައް ނުކެރޭނެ މަސައްކަތެއް ކުރާކައް. ދިވެހީން ބޭނުންވާނީ ހުރިހާ މީހުންވެސް ބޮޑުޓައީ ތުރުކުރައްވާ ގެން މޭޒުތައް ދޮށު ގަތިބެ ބޭރު މީހުން ލައްވާ ގޭތެރޭގެ މަސައްކަތާ، ރަށުގާ ކުރެވޭ ތަރައްޤީ މަސައްކަތްތައްވެސް ކުރުވަން. ދިވެހި ޒުވާނުން ލަދުގަންނާނެ ކައިފަ ތަށި ދޮންނަންވެސް

  8. ާއިބްރާހީމް

    ޒައިދާނުގެ ތިޔަ ރީތިނަމޫނާއިން ހުރިހާދިވެހިން ނަމޫނާ ލބިގަތުން މުހިއްމެވެ. ޙާލުގައިޖެހިގަވާ ފަރާތްތަކަށް އަޅާލާ އޯގާތެރި ވުމަކީ އިސްލާމީ ރިވެތި އަދަބު ތަކުގެތެރެއިންވާކަމެކެވެ. ޒައިދާނަށް މާތް ﷲ ހެޔޮރަޙްމަތް ލައްވާށި!

  9. ހަމަ އަޖައު ވެއްޖެ. ނުވިސްނުނީތީ. ތިޔަ އެނދި ފައިސާ އެމްއެމްއޭ އަށް ގެންގަނިކޮއް ބަދަލު ލިބޭނެ.

  10. އަހުމަދު

    ނިކަމެއްޗަކައެހީވުމަކީމަސްސަލައެނޫ އެކަމަކު މަސްހޫރުވާން އެކަންކޮއްފިޔާ ފައިދާނެތެވެ