Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނުނީ ކުޅުދުއްފުށި ހޮސްޕިޓަލުން: ފުލުހުން

ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނުނީ ކުޅުދުއްފުށި ހޮސްޕިޓަލުން: ފުލުހުން

ކުޅުދުއްފުށީގައި 16 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނިކޮށް، ފެނިފައި ވަނީ ހޭނެތިގެން، ހޮސްޕިޓަލުގައި ފަރުވާދެނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 10:24 ހާއިރު ކަމަށެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ކުއްޖާ އަނބުރައިގަނެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ ކުއްޖާގެ އާއިލާއިން “އަދިވެސް” ނޫހަށް މައުލޫމާތުދެމުން ބުނީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ތެރޭގައި އެ ކުއްޖާ ހޭއަރައިފި ކަމަށާއި، މަގުމަތީގައި ހުއްޓާ މީހަކު އޭނާ ކަރިއަށް އައިސް ހިފެހެއްޓި ކަމަށާއި އިރުކޮޅަކުން އަނބުރައިގަތީ ކަމަށް ބުނާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް