މަބްރޫކް ކޮވިޑް-19އަށް ނައްސި، މިއަދުގެ ޕްރެސްގައި ބައިވެރިވާނެ

ކޮވިޑް-19ގެ އަލާމާތްތަކެއް ހުރުމުން ކުރި ޓެސްޓުގެ ނަތީޖާ ނައްސިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑްް19ގެ އަލާމާތްތަކެއް ހުރުމުން މަބްރޫކް އަމިއްލައަށް އެކަހެރިވެވަޑައިގެންފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އޭރު ކުރެއްވި ޓްވީޓެއްގައި މަބްރޫކް ވިދާޅުވީ ކޮވިޑް19 އަށް ޓެސްޓްކޮށް ނަތީޖާ ނުލިބެނީސް އިތުރު ޕްރެސްއަކަށް އަރައިވަޑައިނުގަންނަވާނެކަމަށެވެ.
މިކަމާއ ގުޅިގެން މިއަދު މަބްރޫކް ވިދާޅުވީ ކޮވިޑް-19އަށް ކުރި ޓެސްޓިން ނައްސިވެފައިވާ ކަމަށާއި މިއަދުން ފެށިގެން ޕްރެސްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ކޮވިޑް19ގެ ބަލިމަޑުކަން ފެށުނީސުރެއް ރައްޔިތުންނާ އެންމެގާތުން ހިދުމަތުގައި ހުންނެވި، މަބްރޫކް އެންމެ ފުރަތަމަ ހުންނެވީ ނޭޝަނަލް އިމަރޖެންސީ ސެންޓަރުގެ ތަރުޖަމާނަކަށެވެ. އޭގެ ފަހުން ރައީސް އޮފީހުގެ ތަރުޖަމާނެއްގެ މަގާމަށް ވަޑައިގެންނެވިއެވެ. ކޮވިޑްގެ މަސައްކަތުން އޭނާ ފަހުން ފެންނަށް ފެށީ ޙާލަތު ގޯސްވި ހިސާބުންނެވެ.
މި ފަހަކަށް އައިސް ކޮވިޑް-19އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ވެސް އިތުރެވެ.