ޓެކްނޮލޮޖީ

ފައިސާ ހުރި ނަމަ ކޮންމެ ކަމެއް ވެސް ވާނެކަން ދައްކަމުން، ޖެފްގެ ދަތުރު ޖައްވަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދުނިޔޭގެ އެންމެ މުއްސަދި މީހާ އެމޭޒަންގެ ފައުންޑަރު އަދި ސީއީއޯ ޖެފް ބެޒޯސް މިއަންނަ އަހަރު ޖައްވަށް، ހަނދަށް ދަތުރު ކުރަން ނިންމައިފައިވާކަން އޭނާ ހާމަކޮށްފިއެވެ.

Ads by STELCO

ޖެޕް އިއްޔެ ބުނެފައި ވަނީ މިއަންނަ މަހު އޭނާގެ ކުންފުނި ބްލޫ އޮރިޖިންއިން ޖައްވަށް ފޮނުވުމަށް ހަމަޖެހިފައިވާ ރޮކެޓްގައި އޭނާ ޖައްވަށް ދާނެ ކަމަށެވެ. މިއީ މީގެ 20 އަހަރު ކުރިން އޭނާ ވުޖޫދު ކުރި ބްލޫ އޮރިޖިންއިން މީހުންނާ އެކު ޖައްވަށް ދަތުރު ކުރާ ފުރަތަމަ ފަހަރެވެ.

"އުމުރުން 5 އަހަރުން ފެށިގެން ދެކެމުން އަހަރެން ދެކެމުން އަންނަ ހުވަފެނެއް މިއީ" އުމުރުން 57 އަހަރުގެ ޖެފް ބުނެފައިވެއެވެ.

އޭނާ ބުނެފައި ވަނީ އޭނާއާ އެކު އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ އޭނާގެ ބޭބެ މާކް ވެސް ދަތުރު ކުރާނެ ކަމަށެވެ. ޖެފް ޖައްވަން ދަތުރު ކުރާނެކަން ހާމަކޮށްފައި މި ވަނީ ދުނިޔޭގެ އެންމެ މުއްސަދި ކުންފުނިތަކުން ވެސް މީހުން ޖައްވަށް ފޮނުވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ޖެފް ވެގެންދާނީ ޖައްވަށްދާ އެންމެ ހައި ޕްރަފައިލް މީހާއަށެވެ.

ޖެފް ވަނީ އަންނަ ޖުލައި މަހުގެ 5 ގައި އެމޭޒަންގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އެ ކުންފުނީގެ އަހަރީ އާންމު ބައްދަލުވުމުގައި އިއުލާނު ކޮށްފައެވެ. ޖެފް ދެން ހުންނަވާނީ އެމޭޒަންގެ އެގްޒެކެޓިވް ޗެއާގެ މަގާމުގައެވެ. އޭނާ ބުނެފައި ވަނީ އެ ކުންފުނީގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވަން ނިންމީ އިތުރު ކަންކަމަށް ވަގުތު ހުސް ކުރަން ކަމަށެވެ.

ޖެފް ޖައްވަށް ދަތުރު ކުރާނީ ކުންފުނިން އިސްތިއުފާ ދޭތާ 15 ދުވަސް ތެރޭގައެވެ. އެއީ ޖުލައި 20 ވަނަ ދުވަހެވެ.

Ads by HDC
  1. ފައިސާއަކަށް ހުރިހާ އެެއްޗެއް ނުގަނެވޭނެ ކަލޯ…