Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ޕޯސްޓްތައް ކުރި އެތައް ބައެއްގެ މައުލޫމާތު ފުލުހަށް!

ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ޕޯސްޓްތައް ކުރި އެތައް ބައެއްގެ މައުލޫމާތު ފުލުހަށް!

ޓެރަރިޒަމާއި ހަރުކަށި ފިކުރަށް މަގުފަހިވާގޮތަށް ސޯޝަލް މީޑިޔާގައި ވާހަކަ ދައްކައި ޕޯސްޓްތައް ކޮށްފައިވާ 50އަށް ވުރެ ގިނަ ފަރާތުގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އޮންލައިންކޮށް ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ސޯޝަލް މީޑިޔާގައި ހޭޓް ސްޕީޗާއި ހަރުކަށި ފިކުރަށް ތާއީދުކޮށް އެކިއެކި ޕޯސްޓްކުރާ މީހުންގެ މައްސަލަތައް ފުލުހުން އަންނަނީ ބަލަމުން ކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލިސް ގޮއްވައިލުމަށް ގޮވައިލި މީހެއް ހައްޔަރުކޮށް އޭނާގެ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ފުލުހުން ކުރަމުންދާ ތަހްގީގުގަައި ހަރުކަށި ފިކުރާ ޓެރަރިޒަމަށް ތާއީދުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވާފައިވާކަމަށާއި އެމްޑީޕީގެ ފަރާތުން މިދިޔަ ހަފްތާގައި މިފަދަ މައްސަލަތަކެއް ހުށަހަޅައި އެކަން ތަހުގީގުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ނިރުބަވެރިކަމާއި ހަރުކަށި ފިކުރަށް ތާއިދުކޮށް މީސްމީޑިޔާގައި އަޑުއުފުލާ އެކަންކަމަށް ހިތްވަރު ލިބޭ ގޮތަށް މީސްމީޑިޔާގައި ވާހަކަދައްކާ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަތައް ސީރިއަސް މައްސަލައިގެ ގޮތުގައި ދަނީ ބަލަމުންނެވެ.

މިގޮތުން، މަޖިލީހުގައި ބޮމެއް ގޮއްވައިލާނެ ކަމަށް ބުނެ، މީސް މީޑިއާގައި އިންޒާރުދިން އުމުރުން 28 އަހަރުގެ މީހެއް ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް