ޚަބަރު

ލާމު އަތޮޅުން މިއަދު 11 މީހަކު ކޮވިޑް19 އަށް ފައްސިވި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ލ.ގަން... ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ލާމު އަތޮޅުން މިއަދު 11 މީހުން ކޮވިޑް19އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

ގަމު ރީޖަނަލް ހޮސްޕިޓަލު (ޖީއާރްއެޗް) އިން މިއަދު އާއްމުކުރި އަދާހަމަތަކުން ދައްކައިގޮތުގައި ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، ގަމުން ފައްސިވީ އެކަކާއި، މާބައިދޫއިން ފައްސިވި ދެމީހަކާއި، މާވަށުން ފައްސިވި ހަތަރު މީހަކާއި ހިތަދޫއިން ފައްސިވި 4 މީހެކެވެ.

ޖީއާރްއެޗްގެ އަދާހަމަތަކުން ދައްކާގޮތުން އެ އަތޮޅުން މިހާތަނަށް ޖުމްލަ 1347 މީހަކު ވަނީ ކޮވިޑް19އަށް ފައްސިވެފައެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ލ.ގަމުންނެވެ. ގަމުން ފައްސި ވެފައި ވަނީ 323 މީހުންނެވެ. ފައްސިވީ މީހުންގެ ތެރެއިން 281 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 2 މީހަކު ވަނީ މި ބަލީގައި ގަމުން ނިޔާވެފައެވެ. އަދި އެ ރަށުގައި މިހާރުވެސް ބަލި ޖެހިފައިވާ 40 މީހުން އެބަތިއްބެވެ.

އެ އަތޮޅުގެ ރަށްރަށުގެ ތެރެއިން އެންމެ މަދު ކޮވިޑް ވޭދަނަ ރިޕޯޓްކޮށްފައި ވަނީ ލ.ކުނަހަންދޫއިންނެވެ. އެއީ ޖުމްލަ 2 ވޭދަނައެވެ. ކުނަހަންދޫން ބަލިޖެހުނު ދެ މީހުން ވެސް މިހާރު ވަނީ ރަނގަޅުވެފައެވެ.

ކޮވިޑް19 ޖެހިގެން ލާމު އަތޮޅުން ޖުމްލަ 6 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ. އަދި މިހާރު ވެސް ބަލި ޖެހިފައި ތިބި 198 މީހަކު އެއަތޮޅުގައި އެބަ ތިއްބެވެ. މިގޮތުން އެންމެ ގިނަ ހަރަކާތްތެރި ވޭދަނަތައް ހުރި ރަށްރަށަކީ އިސްދޫއާއި މާވަށެވެ. މި ދެ ރަށުގައި 54 މީހުން މިހާރު ވެސް ބަލި ޖެހިފައި އެބަތިއްބެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!