Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރިޕޯޓް

އައްޑޫ ކޮންސިޔުލޭޓާއި ނަފްރަތުގެ ބިލް: ނަފްރަތު ނޫން އެއްޗެއް ސަރުކާރަކަށް ނުލިބޭނެ!

އައްޑޫ ކޮންސިޔުލޭޓާއި ނަފްރަތުގެ ބިލް: ނަފްރަތު ނޫން އެއްޗެއް ސަރުކާރަކަށް ނުލިބޭނެ!

ރައީސް ޞާލިޙްގެ ރިޔާސީ ދައުރު ދެބައިވީއިރު ގައުމުގެ ހާލަތު އޮތީ ނުރައްކަލާއި ބިރުވެރިކަމުގެ ތެރޭގައެވެ. ވައްކަމާއި ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ކަނޑައެޅިފައި ވީ ނަމަވެސް ވެންޓިލޭޓަރުން ކުރި ވައްކަން ވެސް އުންސުރު ހަމައެއް ނުވިއެވެ. ރޯޔަލް ރޭޕް ކޭސްއަށް ވީނުވީއެއް ނޭނގެއެވެ.މުޅި ގައުމު އިންޑިއާއަށް ހިތަކަށް ވެދުމަށް އަރުވައިފައި އޮތްއިރު ލާދީނީ އެޖެންޑާ ވަނީ ސަރުކާރުގައި މޫލައި ވަކި ހިއްޕައިލައިފައެވެ. ހަމައެހެންމެ ކޮވިޑްގެ ސިޔާސީ ނިންމުންތަކާއި އެކަމާ ގުޅިގެން އާންމުންގެ ދިރިއުޅާއި ޖީބަށް ދިޔައީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ.

މި ހާލަތުގައި އޮއްވާ މިދިޔަ އޭޕްރީލް މަހު 10ގައި ރައްޔިތުންނަށް ފުރުސަތު ލިބިގެން ދިޔައީ އެކަންކަމަށް ބަސް ބުނުމަށެވެ. މީސްމީޑިއާއާއި އެކި ޕްލެޓްފޯމްތަކުން އިއްވަމުން ގެންދިޔަ ބަސް ވޯޓްފޮށިން ދައްކައިލުމުގެ ފުރުސަތުގައި ރައްޔިތުން ބަސް އިއްވިއެވެ. އެމްޑީޕީގެ ހިތް މާލެ ބޮޑު ތަނުން އެމްޑީޕީއަށް ގެއްލުނުއިރު އައްޑޫ ރައްޔިތުން ވެސް ބުނީ ކަމުނުދާ ކަމަށެވެ. 100 ޕަސެންޓް އޮންނަ އައްޑޫ ސިޓީ ކައުންސިލްގެ އަޣްލަބިއްޔަތު ވެސް އެމްޑީޕީއަށް ގެއްލި އެމްޑީޕީ ނޫން ހަ މެމްބަރުން ސިޓީ ކައުންސިލަށް ވަނެވެ. ކޮންމެއަކަސް ލޯކަލް ކައުންސިލް އިންތިޚާބު ވެގެން ދިޔައީ ދައުރުގެ މެދު ތެރެއިން ސަރުކާރުގެ ކުޑަބޮޑު މިން ނުވަތަ މަގުބޫލުކަމާއި ނަފުރަތު ލިބިގެން ދިޔަ މިންވަރެއް އަންދާޒާކޮށްލަން ލިބުނު ފުރުސަތަކަށެވެ.

އިންތިޚާބަށް ފަހު މިދިޔަ ރަމަޟާން މަހާ ދިމާކޮށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ގެއަށް ބަދަލު ކުރެވުނެވެ. އިދިކޮޅަށް މެޖޯރިޓީ ލިބުނު ކައުންސިލްތަކާ އެކީގައި ވެސް ސަރުކާރުން މަސައްކަތް ކުރާނޭ ކަމަށް އިޢުލާން ކުރެވުނެވެ. މިކަންކަމުގެ ސަބަބުން ސަރުކާރުން ރައްޔިތުންގެ ބަސް އަހަފި ކަމަށާއި އިމްތިހާނުން ލިބުނު މާކްސް ބަލައިގަނެ އިތުރަށް ރައްޔިތުން އެދޭ މަގުން މަސައްކަތްތަކެއް ކުރާނޭ ކަމަށް ގަބޫލު ކުރެވުނެވެ.

Advertisement
Ooredoo — Square (box)

ނަމަވެސް މިއީ ހިނދުކޮޅެއްގެ ކަމެއް ކަމަށް ގަބޫލު ކުރަން ޖެހުނީ ސަރުކާރުން މިހާރު ނިންމަމުންދާ ނިންމުންތަކުގެ ސަބަބުންނެވެ. މިނިވަން މި ދިވެހިރާއްޖޭގެ ފަޚުރުވެރި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިޔުލޭޓެއް އަޅަން އިންޑިއާ ސަރުކާރުން ނިންމައި ދިވެހީންގެ މިނިވަންކަން އޮތް މިންވަރާ މެދު ސުވާލު އުފެދިފައި ވަނިކޮށް ވެސް ސަރުކާރުން ދިފާޢު ކުރެއްވީ އިންޑިއާގެ ނިންމެވުމެވެ. ދެއްކެވީ ތާކުންތާކު ނުޖެހޭ ބަހަނާއެވެ. ހަމައެއާއެކު "ލާދީނީ" ހަޖަމް ނުކުރެވި އެކަން ހުއްޓުވާން ، ލާދީނީ ޚިޔާލުތައް ފާޅު ކުރަމުންދާ އދ.ގެ ސްޕެޝަލް ރެޕެޓުއާ ޑރ.ޝަހީދު ގޮވައިލެއްވި ގޮވައިލެއްވުމަށް ސަރުކާރުން އިޖާބަދީ މަޖިލީހަށް ވެއްދި ސެކިއުލަރ ބިލްގެ އަސްލު ބޭނުމަކީ ވެސް ކޮބައިތޯ ސުވާލު އުފެދެއެވެ. ނަފުރަތު ހުއްޓުވުމުގެ ނަމުގައި ހުށަހެޅި އެ ބިލުން ސަރުކާރަށް ނަފުރަތު ނޫން އެއްޗެއް ލިބެން ނެތްކަން ކަށަވަރުވާއިރު ދެ ފެކްޝަނަށް ބެހިފައި އޮތް އެމްޑީޕީން މިފަދަ ނިންމުމެއް ނިންމުމުން "ލާދީނީ"އޭ ކިޔުމުގެ ޙައްޤުކަން އެވެރީން އަމިއްލައަށް ލިބިގަތީއެވެ. މަތީފަޑިން ފެށިގެން ގްރާސް ރޫޓް ވެސް މި ނިންމުން ދިފާޢު ކުރުމުން ވިސްނުމާއި ފިކުރު ހުރި މިންވަރާ މެދު ރަނގަޅަށް ވިސްނައިލުން ހުއްޓެވެ.

[caption id="attachment_96930" align="alignnone" width="503"]<img class="wp-image-96930 " src="https://cdn.dhen.mv/wp-content/uploads/2021/06/ADDU-300x200.jpg" alt="" width="503" height="335" /> އައްޑޫގައި ހުންނަ އިންޑިއާގެ އެކަޑަމީ، ކޮންސިޔުލޭޓެއް އެޅުމުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އެމްޑީޕީން ބުނޭ[/caption]

ދައުރުގެ މެދުތެރެއިން ބަލިވެފައި ވަނިކޮށް ކުރިމަތީގައި އަނެއްކާ ވެސް އޮތީ އިމްތިހާނެކެވެ. ކަށަވަރުވާ ކަމަކީ ރައްޔިތުން ކިތަންމެ ދެކޮޅު ނަމަވެސް އިންޑިއާގެ އަތްދަށުގައި މިއޮތް ދިވެހި ސަރުކާރުން އައްޑޫގައި ކޮންސިޔުލޭޓެއް އެޅުމާ ދެކޮޅު ހަދަން ނުކެރޭނޭ ކަމެވެ. ނޫނީ އެ ހިތްވަރެއް ، އެކަމުގެ ކުޅަދާނަކަމެއް ލިބިފައި ނެތް ކަމެވެ. ހަމައެހެންމެ ހިސާން ހުސައިންގެ ލާދީނީ ބިލާ ދެކޮޅަށް ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ވެސް ބަސް ބުނެފައިވާ ހިނދު އަދި ރާއްޖޭގެ ކައުންސިލްތަކުންނާއި ދީނީ އިލްމުވެރީން ވެސް މިކަމާ ދެކޮޅަށް ހަރުއަޑު އިއްވަމުން ދިޔައިރު ވެސް މަޖިލީހުން މިއަދު އެވަނީ ބިލް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފައެވެ.

[caption id="attachment_96787" align="alignnone" width="478"]<img class="wp-image-96787 " src="https://cdn.dhen.mv/wp-content/uploads/2021/06/18BF7C48-F374-4C22-BF29-93B07023221F-300x195.jpeg" alt="" width="478" height="311" /> ނަފްރަތުގެ ބިލް ހުށަހެޅުއްވި ހިސާން: ލާދީނީ ޚިޔާލު ފާޅު ކުރި ނަމަވެސް ލާދީނީއެކޭ ނުބުނެވޭނެ[/caption]

ކުރިމަތީގައި މިއޮތީ ލާދީނީ ބިލާއި އައްޑޫ ކޮންސިޔުލޭޓް ހުޅުވުމެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތް މި ދެ މައްސަލައިގައި ވެސް ސަރުކާރުން އަމަލު ކުރުން ގާތީ ރައްޔިތުންގެ އެދުމާ ދެކޮޅަށެވެ. ނަތީޖާ ރަނގަޅުވެދާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް