Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވިމެންސް އިން ޑިޕްލޮމަސީ ނެޓްވޯކްގެ ރައީސަކަށް ޑރ.ފަރަހަނާޒް

ވިމެންސް އިން ޑިޕްލޮމަސީ ނެޓްވޯކްގެ ރައީސަކަށް ޑރ.ފަރަހަނާޒް
އެކި ގައުމުތަކުން އިނގިރޭސިވިލާތަށް އައްޔަންކޮށްފައިވާ އަންހެން ޑިޕްލޮމެޓުންގެ ޖަމްއިއްޔާގެ ރައީސްއަކަށް ޑރ. ފަރަހަނާޒް ފައިޒަލް މިއަދު އައްޔަން ކުރައްވައިފިއެވެ. ވިމެންސް އިން ޑިޕްލޮމަސީ ނެޓްވޯކްގެ ރައީސަކަށް ޑރ ފަރަހަނާޒް އައްޔަންކޮށްފައި ވަނީ އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި މިއަދު ބޭއްވި ރަަސްމިއްޔާތެއްގައެވެ. ރައީސް ކަމުގެ ދައުރުގައި ޑރ. ފަރަހަނާޒްގެ މަސައްކަތް ކުރައްވާނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށެވެ. އަދި މި ދައުރުގައި އެކަމަނާގެ ނައިބު ރައީސް އަކަށް ހުންނަވާނީ ޖޯޖިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ސޮފީ ކަޓްސަރަވާކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ބޭއްވި ހަފްލާއެއްގައި ޑރ. ފަރަހަނާޒްއާ މި މަގާމު ހަވާލުކޮށްދެއްވީ އެ ޖަމިއްޔާގެ ރައީސަކަށް ކުރިން ހުންނެވި ނެމީބިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ސްކޮޓްއެވެ.

ޑރ. ފަރަހަނާޒަކީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ފްރާންސް، އަޔަލަންޑް އަދި ސްޕެއިން އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ވެސް މެއެވެ.

ޑރ. ފަރަހަނާޒް މި މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުއެވެ. މިއީ މި ޖަމިއްޔާގެ ރައީސްކަން ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް