ޚަބަރު

ނަފްރަތުގެ ބިލް ހުށަހެޅީ މަޝްވަރާ ކޮށްފައި ކަމަށް ބުނާ ވާހަކަތައް އަދާލަތުން ދޮގުކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައިފައިވާ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަދާލަތު ޕާޓީއާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.

Ads by STELCO

އެ ޕާޓީން ކުރި ޓްވީޓެއްގައި މިހެން ބުނެފައި ވަނީ އެ ބިލަކީ އަދާލަތު ޕާޓީއާ މަޝްވަރާ ކުރުމަށްފަހު ހުށަހެޅި ބިލެއް ކަމުގައި އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެފައިވާތީއެވެ.

އަދާލަތު ޕާޓީގެ ޓްވީޓުގައި ބުނެފައި ވަނީ ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރު ކުރަން ހުށަހަޅައިފައިވާ ބިލަކީ  އެ ބިލު މަޖިލީހަށް ހުށަހެޅުމުގައި އެ ޕާޓީއާ އެއްވެސް ސިފައެއްގައި މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ.

މި ބިލު މިހާރު މަޝްހޫރުވެފަ އިވަނީ "ހިސާން ބިލް"ގެ ގޮތުގައެވެ. މި ބިލާ ގުޅިގެން އަދާލަތު ޕާޓީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދީނާ ގުޅުން ހުރި ކަންކަމުގައި ދީނީ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކުން ބަސް ބުނުމުގެ ފުރުސަތު ގެއްލިގެންދާ ގޮތަށް އަޅައި ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި އެ ބިލު މަޖިލީހަށް ހުށަހަޅައިފައި އޮތް ގޮތުން މުޖުމަތައުގެ ހަމަޖެހުން ގާއިމު ކުރަން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މެމްބަރު ހިސާން ހުށައެޅުއްވި މި އިސްލާހަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ އިސްލާހާ ދެކޮޅު ކެމްޕޭނެއްވަނީ މީސް މީޑިޔާގައި ފަށައިފައެވެ. މިއާއެކު ރަށު ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލްތަކުން ވަނީ އެ އިސްލާހާ ދެކޮޅަށް ބަޔާން ނެރެން ފަށައިފައެވެ. އެގޮތުން 31 ރަށެއްގެ ކައުންސިލުން މިހާރު ވަނީ މިކަމާ ދެކޮޅަށް ބަޔާން ނެރެފައެވެ.

Ads by HDC
  1. ދިވެހި ރައްޔިތުން

    މަޖިލީހުން ބިލެއް ހަދާކަށް ވަކި ސިޔާސީ ޕާޓީއަކާ މަޝްވަރާ ކުރާކަށް ނުޖެހޭނެ. މަޝްވަރާ ކުރަންތިބޭނީ ރައްޔިތުންގެ މަންދޫބުން މަޖިލީހުގާ

  2. އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ މިސަރުކާރުން ބޭނުންވާގޮތް މިކަން ލީގަލައިޒް ކުރުމުގެ މަސައްކަތް މިދަނީ ކުރިއަށް. މިބައިގަނޑުގެ ނިމުން އަވަސް ކޮށްދެއްވައި ފާންދޭވެ.

    • ޟިޔާން

      މިދައިތަ އަވަހަށް ދީނަށް ވައްދަމާ.

  3. ފަޔާޒް.

    ގިނަ ކައުންސިލު ތަކުން ބަޔާން ނެރުމުގެ ބަދަލުގައި ތުޅާއިދޫދާއިރާގެ ރައިޔަތުން ވިސްނަން އެބަޖެހޭ ތިމެންމެން އިސްޮއްގެން މިއުޅެނީ އ.ދީންގައުމުން ފުހެލުމަށް ޓަކާނުސީދާކޮށް މަސައްކަތް ކުރާއަންހެނެށް ކަން މީނަޔަށް ނޫނެކޭ ބުނަންވީ މުޅިގައުމު ފަސާދަވެއްޖެ.