Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލެއް ނެތި ފެތުރެނީ: މިއަދު ވެސް 21 މީހުން ފައްސިވެއްޖެ

ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލެއް ނެތި ފެތުރެނީ: މިއަދު ވެސް 21 މީހުން ފައްސިވެއްޖެ

ގދ. ތިނަދޫން އިތުރު 21 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ތިނަދޫން މިހާރު 385 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އެރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 171 މީހުން އެބަތިއްބެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސުންކުތަކުގެ ތެރެއިން ނަތީޖާ ނުލިބި 200 ސުންކެއް ވެއެވެ.

Advertisement
Ooredoo — Square (box)

މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 214 މީހުން ތިނަދޫން ވަނީ ފަސޭހަވެފައެވެ.

އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ އެއްތާވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައެވެ.

ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.

ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މިވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އެރަށް ފުރަބަންދުކުރަން ވެސް ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް