Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނަފްރަތުގެ ބިލަށް” އާއްމުންގެ ހިޔާލު ހޯދަނީ”

ނަފްރަތުގެ ބިލަށް” އާއްމުންގެ ހިޔާލު ހޯދަނީ”

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަ ކުރުމުގައި ބައިވެރިވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް އާއްމުންނަށް ހުޅުވައިލައިފައިވާ މިފުރުސަތުގައި ހިޔާލުތައް ފޮނުވާނީ ޖުޑީޝަރީ ކޮމިޓިގެ މެއިލް [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ކަމަށް މަޖިލީހުން ވިދާޅުވެއެވެ.

މި މި އިސްލާހަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ އިސްލާހާ ދެކޮޅަށް މީސްމީޑިއާގައި ވަނީ ވެސް ފަށައިފައެވެ. މިބިލަށް އިސްލާމިކް މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދަން، ޖުޑީޝިއަރީ ކޮމިޓީއިން ވަނީ ނިންމައިފައެވެ.

Advertisement
Allied — Dhen Online (box)

ފާޑުކިޔުންތައް އިންތިހާއަށް އަމާޒުވެފައިވާ މިބިލާއެކު ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތަކުން ވެސް ބިލާ މެދު ނުރުހުން ފާޅު ކުރިއެވެ. މިގޮތުން އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް