ޚަބަރު

މިޝްކާގެ މަރު: މިނިސްޓަރ ހާޒިރުކުރާ ކޮމިޓީ އަންނަަ ހަފުތާގައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް19ގައި ރާއްޖޭން ނިޔާވި އެންމެ ހަގު ކުއްޖާ އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު ނިޔާވެފައި ވަނީ އިހްމާލުންކަމަށް ވުމުން އެމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ކުރިއަށްގެންދާ ތަހްގީގުގައި، އަންނަ ހަފްތާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، އަނެއްކާ ވެސް ހާޒިރުކުރާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިމައްސަލައިގައި ސުވާލު ކުރެއްވުމަށް މިނިސްޓަރ ނަސީމް ވަނީ މީގެ ކުރިން ވެސް އެކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އެކަމާ ގުޅިގެން މީޑިޔާއަކަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ މުގައްރިރު ޖީހާން ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން އިތުރު ބައްދަލުވުމެއް އިއްޔެ ހަވީރު 4:00 ގައި ބާއްވަން ކޮމިޓީން ނިންމި ނަމަވެސް ކޮމިޓީގެ މަސައްކަތްތައް ހުރި ގޮތުން ބައްދަލުވުން ނުބޭއްވުމުން ކުރިއަށް އޮތް ހަފްތާއަށް މިނިސްޓަރު ހާޒިރުކުރާ ގޮތަށް ބައްދަލުވުމެއް ތާވަލު ކުރާނެ ކަމަށެވެ. އެކަމަކު ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑިއެއް ނިންމާނީ އާދިއްތަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު ނިޔާވުމުގައި އިހުމާލު އެބައޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.މިނިސްޓަރ ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގައި ހެލްތު މިނިސްޓްރީގެ އިހުމާލު އޮތް ކަމަށާއި މި މައްސަލަ ވަރަށް ގާތުން ބައްލަވަމުންދާ ކަމަށެވެ.

ކޮވިޑް19ގެ ސަބަބުން ހާލުބޮޑުވެ އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންގޮސް ފަރުވާ ދެނިކޮށް މިޝްކާ މަރުވެފައި ވަނީ ޖޫންމަހުގެ 1 ވަނަދުވަހުގެ ރޭ ދަންވަރު 12:10 ގައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މިޝްކާގެ ހެއެއް ނެތެވެ.

ހޮސްޕިޓަލަށް މިޝްކާ ގެންދަން އެމްބިއުލާސް ދިއުން ލަސްވެ އެތައް ވަގުތެއް ހޭދަ ކުރަން ޖެހުނުކަމަށް އާއިލާއިން ބުނެއެވެ. އެމްބިއުލާންސް ގޮސްފައި ވަނީ އެކަމަށް އެދި ގުޅިތާ ދެ ގަޑިއިރަށް ވުރެ ގިނައިރުވީ ފަހުން ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

Ads by Allied Insurance
  1. އިބުރާހިމް މުފީދު

    ކަމެއް ނުރެވެނީެެއއ ނޫން. ގޯހުން ގޯހަށް ސިއްޙީ ޙާލަތު. ލަދެއްވެސް ނެތް. އިސްތުއެފާ ޕުލީޒް.

  2. ނަސްރު

    ތިކަމުގެ އިތުރަށް ތަހްޤީގު ކުރަންޖެހޭކަމެއްވެސް ނެތް މަޤާމުގެ ޒިންމާ ނުއުފުލުނު ކޮމިޓީންވެސް ވީހާ އަވަހަކަށް ވަޒީރު ވަކިކުރައްވާ ޤާބިލުމީހަކަށް އެފުރުސަތު ދެއްވާ. ބޮޑު ފެއިލިއަރއެއް. ކޮމިޓީއަށް ގޮސްވެސް ހުސް ވާހަކަ ތީނަ ދައްކާނި

  3. ރިޒާ

    ވެންޓިލޭޓަރުގެ މައްސަލައަށްވުރެވެސް ސީރިއަސް މައްސަލައެއް. މިހާރުވެސް ވަރަށްބޮޑަށް މިކަން ލަސްވެއްޖެ. ކޮބާ ނެރެންބުނި ރިޕޯޓުތައް؟ މިމައްސަލައިގައި ބޭރުގެ ޤައުމެއްގެ މިނިސްޓަރެއްނަމަ އެވަގުތު އިސްތިއުފާދިނީސް. މަޤާމާއި އާރާއި ބާރު ބޭނުންވިއަސް ފުކެއް ބޮޑުވަރުމިއީ

  4. ޕަރީ

    ބިގް ފެއިލިއަރ

  5. ރައުފާ

    މިވަރުގެ މިނިސްޓްރީއަކަށް ޒުވާން ވަޒީރަކު ރަނގަޅީ

  6. ޖޭމް

    ސާބަސް ނޫސްވެރިން ކުއްޖާގެ ހައްޤު ދޫނުކުރާތި

  7. ސޭޓު

    މި މުސްކުޅި ބޭގަނޑު ގެންދަނީ ކީއްކުރަން؟ މީނަ އަމިއްލައަށް މީނަގެ އިހުމާލެއްވޭތޯވެސް ބަލަނީ. ދެން މީނަގެ ކަންތައް ހުންނާނެގޮތް ވިސްނާލާ.