ޚަބަރު

ހަފްތާއަށްފަހު މެޑަމް ފަޒްނާ ފެސިލިޓީން ގެއަށް، ވިދާޅުވީ އަދިވެސް ދާން ތައްޔާރުކަމަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
{"origin":"gallery","uid":"9C56DF0B-7175-4C7E-95AA-501FDF9530F0_1624029078319","source":"other"}

ކޮވިޑްގެ މި ދަތި ހާލަތުގައި ހަތަރު ހަފްތާއަށް މެދު ކެނޑުމެއް ނެތި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ޚިދުމަތް ކުރެއްވުމަށް ފަހު ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ ޚިދުމަތް ނިންމަވައިލައްވައި ގެއަށް ވަޑައިގެންފިއެވެ.

Ads by STELCO

ޚިދުމަތް ނިންމަވައިލެއްވުމަށް ފަހު އެކަން ފާހަގަ ކުރެއްވުމުގެ ގޮތުން މެޑަމް ފަޒުނާ ވަނީ ހުޅުމާލޭ ފެސިލިޓީގައި އެކަމަނާ އެކު މަސައްކަތްކުރެއްވި ވޮލެންޓިއަރުންނާ އެކު ނަގައިފައިވާ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާ ކުރައްވައިފައެވެ.

ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި އެކަމަނާ ވަނީ ކޮވިޑް ފެސިލިޓީގައި މެދުކެނޑުމެއް ނެތި ޚިދުމަތް ކުރިތާ 4 ހަތަރު ހަފްތާ ވެފައިވާކަން ހާމަ ކުރައްވައިފައެވެ. އަދި އެކަމަނާ އެކު މަސައްކަތްކުރި ވޮލެންޓިއަރުންގެ ތެރޭގައި އުމުރުގެ ގޮތުން ވަރަށް ހަގު ވޮލެންޓިއަރުން ވެސް ތިބި ކަމަށާއި ނަމަވެސް އުމުރުގެ ތަފާތު އިހްސާސް ނުކުރެވޭ ކަމަށްވެސް އެކަމަނާ ވިދާޅުވެފައި ވެއެވެ. 

މީގެ އިތުރުން އެކަމަނާ ވަނީ އެކުގައި ކޮވިޑް ފެސިލިޓީގައި ޚިދުމަތްކުރަމުން ގެންދަވާ ދަރުމަވެރިން ބެހެއްޓެވި ގާތްކަމާއި އެކުވެރިކަމަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ. 

މެޑަމް ފަޒްނާ ވިދާޅުވި ގޮތުގައި އެމް.އެންޔޫގެ ސްކޫލް އޮފް ނާސިންގެ ލެކްޗަރާ ޝިޒްނާގެ އިރުޝާދުގެ ދަށުން އެކަމަނާ މަސައްކަތް ކުރެއްވި ހަތަރު ހަފްތާ ތެރޭގައި ގިނަގުނަ ކަންކަން ދަސްވިއެވެ. އޭގެ ތެރޭގައި ބަލި މީހުން ފެންވެރުވުމާއި، އަނގަ ސާފުކޮށްދިނުމާއި، އިސްތަށިގަނޑު ދޮވުން އަދި އެނދު ތަންމަތި ތައްޔާރު ކުރުން ފަދަ ހުނަރުތައް ވަރަށް ރަނގަޅަށް ދަސްވިކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. 

މެޑަމް ފަޒްނާ ވިދާޅުވި ގޮތުގައި ކޮވިޑް ފެސިލިޓީގައި ހޭދަ ކުރެވުނު ހަތަރު ހަފްތާ ތެރޭގައި ބަލި މީހުން ފާހާނާއަށް ގެންގޮސް، ނަމާދުކުރަން އެހީތެރިވެ އާއިލާއަށް ގުޅައިދިނުމުގައި އެކަމަނާއަށް ވަގުތު ހޭދަކުރެވުނެވެ. 

މި މަސައްކަތުގެ ތެރެއިން ވަރަށް ގިނަ ބަލި މީހުންނާ ބައްދަލުވެވަޑައިގެންނެވި ކަމަށާއި އެއީ ވަރަށް އަސަރުކުރުވަނިވި ވަގުތުކޮޅެއް ކަމުގައި އެކަމަނާ ވަނީ ފާހަގަ ކުރައްވައިފައެވެ. 

މެޑަމް ފަޒްނާ އެފްބީގައި ހިއްސާ ކުރެއްވި ޕޯސްޓުގައި އެކަމަނާއެކު ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކޮށް އަދި އެ ފެސިލިޓީގައި މަސައްކަތް ކުރައްވާ ދަރުމަވެރިންނާއި ޚާއްސަގޮތެއްގައި އެ ތަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނާއި މަސައްކަތު މީހުންގެ ނަންތަށް ފާހަގަކޮށް ޝުކުރު އަދާ ކުރައްވައިފައި ވެއެވެ. 

މެޑަމް ފަޒްނާ ވިދާޅުވިގޮތުގައި ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގައި ވިޔަސް ހުޅުމާލޭ ފެސިލިޓީން އިން އެކަމަނާއަށް ފެނުނު މަންޒަރުތައް އަލުން ތަކުރާރު ނުވިޔުމަށް ޓަކައި ހުރިހާ ރައްޔިތުން ވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެކަމަނާ ހުރީ ތައްޔާރަށެވެ.

Ads by Ooredoo
  1. ޜައްޔިތެއް

    ސުކުރިއްޔާ މެޑަމް

  2. ޓެރޭ

    އަޅުގަނޑު އޮތިން 12 ދުވަސް އެތާގެ ނަރުހުންނާ ވޮލެންޓިއަރުންނާ އެއްމެހައި ހިދުމަށްތެރިން ވަރައްވެސް އޯގާތެރި އެހާމެ ހިދުމަތް ފުރިހަމަ އެހާމެ ސާފުތާހިރު ވ މަސެއްކަތް ކުރިން ދަރުމަންތަ ނުވަޔަ އޭޑީކޭ އަށް ބަދަލުވޭތޯ ނަމަވެސް ހޭވެރިކަން ވީފަހުން ހިތައްއެރި ނަސީބެކޭ ބަދަލު ނުވެވެނުކަން
    ވ ވ ސުކުރު ދައުލަތުން އެދިން ހިދުމަތަށް.