Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ލޮކްޑައުންއޭ ނުބުނެ ތިނަދޫ ލޮކްޑައުންއަކަށް

ލޮކްޑައުންއޭ ނުބުނެ ތިނަދޫ ލޮކްޑައުންއަކަށް

ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން ގދ. ތިނަދޫގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް, "ލޮކްޑައުން" ނަން ބޭނުން ނުކޮށް ރަށް ލޮކްޑައުންކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެ ރަށުގައި ކާފިއު ގަޑި ނޫން ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުންގެ ޕޯޓަލްއިން ހުއްދަ ހޯދައިގެންނެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭރަށް ދިއުމަށް ޓަކައި ކޮންމެ ގެއަކަށް "ހައުސް ހޯލްޑް" ފާހެއް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

ތިނަދޫގައި ކާފިއު އޮންނާނީ ކޮންމެ ދުވަހެއްގެ 16:00 އިން ފެށިގެން ފަތިހު 04:00 އާ ހަމައަށެވެ.

Advertisement
Allied — Dhen Online (box)

“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އެޗްޕީއޭއިން ވަނީ ތިނަދޫ ކައުންސިލަށް އެ ރަށް ލޮކްޑައުން ކުރުމުގެ ހުއްދަ ދީފައެވެ.

ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އެރަށް ފުރަބަންދުކުރަން އެޗްޕީއޭއަށް ހުށަހެޅުމަށް ނިންމީ އެ ރަށު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންނެވެ.

ތިނަދޫން މިހާތަނަށް ޖުމްލަ 430 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އެރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިހާރުވެސް 189 މީހުން އެބަތިއްބެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް