Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބަޖެޓްގައި ހިމަނާ ޕްރޮގްރާމްތައް ހާސިލްކުރެވޭ މިންވަރު މޮނީޓަރކުރަނީ

ބަޖެޓްގައި ހިމަނާ ޕްރޮގްރާމްތައް ހާސިލްކުރެވޭ މިންވަރު މޮނީޓަރކުރަނީ

ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓްގައި ހިމެނޭ ކަންކަން ހާސިލް ކުރެވޭ މިންވަރު މޮނިޓަރ ކުރުމަށް ނިންމަވައިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

2022 އިން 2024 އަށް ލަފާކުރެވޭ ބޭސްލައިން ބަޖެޓް ތައްޔާރުކުރުމަށް އޮފީސްތަކަށް އަންގައި އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވިދާޅުވީ އޮފީސްތަކުގެ ބަޖެޓްގައި ހިމެނޭ ޕްރޮގްރާމްތައް ހާސިލްކުރެވޭ މިންވަރު އަންނަ އަހަރުން ފެށިގެން މޮނިޓަރ ކުރަމުން ދާނެކަމަށެވެ.

ބަޖެޓްގައި ހިމެނޭ ޕްރޮގްރާމް އޮނިގަނޑުގައި ޕްރޮގްރާމްތައް ހާސިލު ކުރެވޭ މިންވަރު އަންގައިދޭ ޕަރފޯމަންސް އިންޑިކޭޓަރުތައް ވެސް މި އަހަރުގެ ތެރޭގައި އޮފީސްތަކާ މަޝްވަރާކުރެވި އެކުލަވައިލެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ބަޖެޓު ތަންފީޒުވަމުންދާ ގޮތް މިނެކިރުމުގައި މި ޕަރފޯމަންސް އިންޑިކޭޓަރުތަކުގެ އަދާހަމަ އަންނަ އަހަރު މޮނިޓަރކުރަމުން ދާނެކަމަށް މިނިސްޓްރީގެ ސަރކިއުލާގައިވެއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން އަންނަ އަހަރުން ފެށިގެން ބަޖެޓް ތައްޔާރު ކުރާނީ ޕްރޮގްރާމްތަކަކަށް ބަހާލައިގެން ކަމަށާއި އޮފީސްތަކާ މަޝްވަރާކުރެވިގެން ޕްރޮގްރާމްތަކުގެ އޮނިގަނޑު މިހާރު ދަނީ ތައްޔާރުކޮށް ފައިނަލް ކުރެވެމުން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް