ގައިދީއަކު އޯވަރޑޯޒް ވީ ޑޮކްޓަރު ދިން ބޭހަކަށް ކަމަށް ބެލެވޭ: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު މިއަދު އޯވަރޑޯޒް ވީ ޑޮކްޓަރު ދިން ބޭހަކަށް ކަމަށް ބެލެވޭ ކަމަށް އެ ސާވިސް އިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ޔުސްރީން އަހުމަދު "ދެން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މާފުށީ ޖަލުން މާލެ ޖަލަށް ގެނެސްފައި ހުރި ގައިދީއަކަށް އެމަޖެންސީގައި ފަރުވާދެމުން ދަނީ ބޭހަކަށް އޯވަރޑޯޒްވެގެން ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެކަން އަދި ކަށަވަރު ނުވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި އެމަޖެންސީގައި ފަރުވާ ދީފައި އެވާ ގައިދީއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 3 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންދާ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަށް ފަރުވާ ދީފައި ވަނީ އައިޖީއެމްއެޗްގެ އެމަޖެންސީގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.






ކޮމެންޓް