ބޮލީވުޑް

ދަރިފުޅަށް އަގުބޮޑު ކާރެއް ގަނެދީފައެއް ނުވާނެ: ސޯނޫ ސޫދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދަރިފުޅަށް އަގުބޮޑު ކާރެއް ގަނެދިންކަމަށް ބުނެ ފެތުރި ވާހަކަތަކަށް ސޯނޫ ސޫދު ރައްދު ދީފިއެވެ.

Ads by STELCO

ހޮނިހިރު ދުވަހު އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ސޯނޫ ސޫދްގެ ދޮށީ ދަރިފުޅު އިޝާންއަށް ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި 3 ކުރޯޑް ރުޕީސްގެ އަގުބޮޑު ކާރެއް ވަނީ ހަދިޔާކޮށްފައެވެ.

މިވާހަކަތައް ދޮގު ކުރަމުން ސޯނޫ ބުނީ އޭނާގެ ދަރިފުޅަށް އަގުބޮޑު ކާރެއް ގަނެދީފައި ނުވާނެ ކަމަށާއި ކާރެއް ގަތީ ގެއަށް ކަމަށެވެ.

"އަހަރެންގެ ދަރިފުޅަށް އަގުބޮޑު ކާރެއް ގަނެއެއް ނުދެން. ކާރު ގަތީ ގެއަށް. އަހަރެން ކީއްކުރަން ދަރިފުޅަށް ބައްޕައިންގެ ދުވަހު އަގުބޮޑު ކާރެއް ހަދިޔާ ކުރަންވީ. އަގު ބޮޑު ހަދިޔާތަކެއް ނުގަތަސް އަހަރެން އެމީހުންނާ އެކު ހޭދަކުރާ ވަގުތު މާ މުހިންމު" ސޯނޫ ބުނެފައިވެއެވެ.

އިންޑިޔާގެ ކޮވިޑްގެ ހާލަތު ގޯސްވުމާ އެކު ސޯނޫ ސޫދު ވަނީ ރައްޔިތުންނަަށް އެހީވުމުގައި ނަމޫނާ ދައްކައިފައެވެ. އެއާ އެކު އޭނާގެ އެހީތަކާ މެދު ސުވާލު އުފައްދާ މީހުން ވެސް މަދެއް ނޫނެވެ. ފާއިތުވީ ދެ އަހަރެއްހާ ދުވަސް ތެރޭ އޭނާ ފާހަގަ ވެގެން ގޮސްފައި ވަނީ ވަރަށް ވެސް ދީލަތި އަދި މީހުންނަށް އެހީތެރިވާ މީހެއްގެ ގޮތުގައެވެ. ކޮވިޑް-19ގެ ބަލި ހާލަތާ ގުޅިގެން އެތައް ބަޔަކަށް ކާބޯތަކެއްޗާއި އެ ނޫން ވެސް އެހީތައް ފޯރުކޮށްދިނުމުގައި ސޯނޫގެ ވަރަށް ބޮޑު ދައުރެއް އޮވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!