Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަފްރަތުގެ ބިލު ފާސް ނުކުރަން އެމްޑީއޭއިން ގޮވައިލައިފި

ނަފްރަތުގެ ބިލު ފާސް ނުކުރަން އެމްޑީއޭއިން ގޮވައިލައިފި

ނަފްރަތު އަމަލު ބަޔާންކޮށް، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލު ފާސް ނުކުރުމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މިއަދު ގޮވައިލައިފިއެވެ.

އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައިވާ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާނު ހުސެއިން ހުށަހެޅި އެ ބިލު މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ.

މި ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން ހުރި ބިލެއް ކަމަށާއި އެގޮތުން, ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތުގެ މަތިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެ ބިލުގެ ސަބަބުން ހުރަސް އޭޅޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

Advertisement
Ooredoo — Square (box)

"ވީމާ އަސާސީ ހައްގެއް ހަނިކުރުމުގައި އިސްލާމީ އެފަދަ މުހިންމު ވާޖިބަކަށް ހުރަސް އެޅޭ ފަދަ ގޮތަށް ގާނޫނެއް ވުޖޫދަށް ގެނައުމަކީ, އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް ނުހެދުމަށް ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ)އިން ލާޒިމްކުރާ އުސޫލާ ހިލާފަށް ކުރެވޭ އަމަލަކަށް ވާނެ ކަމުގައި މި ޕާޓީން ދެކެމެވެ" އެމްޑީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއޭގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ނަމުގައި ޖަމާއަތެއް ހަދައިގެން މާތްاللهއަށާއި އިސްލާމް ދީނަށް އަދި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކޮށް ރިޕޯޓެއް ލިޔެ އާންމު ކުރި ކަމަށާއި އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ކަމަށް ބެލެވޭކަށް ނެތް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް