މިޝްކާގެ މަރު: އިހްމާލްވި މީހުންނާމެދު ފިޔަވަޅުއަޅާނަން، ފަހަތަކަށް ނުޖެހޭނަން
ފަރުވާ ދިނުމުގައި ލަސްތަކެއްވުމުގެ ސަބަބުން، މިމަހު 2 ވަނަ ދުވަހު ނިޔާވި ފާތިމަތު މިޝްކާގެ މަރުގެ މައްސަލައިގައި އިހްމާލްވި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެކަމުގައި ފަހަތަށް ނުޖެހޭނެކަމަށް ސިއްހަތާ ބެހޭ ވަޒީރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް މިނިސްޓަރު ނަސީމް ހާޒިރުކޮށް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސިއްހީ އެހީތެރިންނާ މެދު ފިޔަވަޅުއެޅޭނީ ވަކި ގާނޫނެއް ދަށުން ކަމަށާއި އެ މަައްސަލައިގައި އިހްމާލުވިކަން ފާހަގަކުރެވުނު ހިސާބުން ފެށިގެން ވެސް އެ މައްސަލައަށް ހާއްސަ ސަމާލުކަމެއްދީ އިހްމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުއްވުމުގައި ފަސްނުޖެހޭނެކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެޗްއީއޯސީގައި މަސައްކަތްކުރާ އިދާރީ މުއައްޒަފަކަށް ވިޔަސް އޮޕަރޭޝަން ކަންކަމުގައި އުޅޭ މުއައްޒަފަކަށް ފިޔަވަޅުއަޅަން ޖެހޭނަމަ ފިޔަވަޅު އަޅާނެކަމަށެވެ.
މިޝްކާގެ މަރުގެ ތަހުގީގު ރިޕޯޓެއް ހެލްތު މިނިސްޓްރީން އިއްޔެ އާންމުކޮށްފައެވެ. ރިޕޯޓްގައި ކަމާގުޅޭ އިދާރާތަކުގެ ބޮޑެތި އިހުމާލުތަކެއް ވަނީ ފާހަގަކޮށްފައެވެ. އެކަށީގެންވާ ވަގުތުގައި މިޝްކާއަށް އެޓެންޑު ވި ނަމަ މި ހާދިސާ ނުހިނގާނެ ކަމަށްވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެެއެވެ.
މީގެ އިތުރުން ވެސް، ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަޖެންސީ ހާލަތެއްކަން ކޯލު ސެންޓަރުންނާއި އެޗްއީއޯސީގައި މަސައްކަތް ކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) ބުނެފައި ނެތުމުން ފަރުވާއަށް ދިޔުމަށާއި ފަރުވާ ފޯރުކޮށްދިނުމަށް އެކަށީގެން ނުވާ ލަސްތަކެއް ވެފައިވާކަމަށް ހެލްތުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
މިފަދަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް ފާހަގަވެފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށާއި އަދި ހެދިފައިވާ ރިވިއުއިން ލިބިފައިވާ މައުލޫމާތަށް ބެލުމަށް ފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު މިނިސްޓްރީ އޮފް ހެލްތުން ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.
ހެލްތު މިނިސްޓަރޫޫ……………ކެރަފާ ނަސީމު އަށް ފިޔަވަޅު އަޅުއްވާތި.
އެންމެ ފުރަތަމަ މިކެރަފާ ބޭރުކުރަންޖެހެނީ
މިފަދަ ހައްސާސް މައްސަލައެއްގައި މަނިކުފާނު ނުޖެހޭތޯ އިސްތިއުފާ ދޭކަށް؟ މިނިސްޓްރީގެ އިހުމާލު އެބައޮތްކަމަށް މީޑިޔާގެ ކުރިމަތީގައި މަނިކުފާނު އެއްބަސްވެފައި މަޤާމުގައި މަނިކުފާނު މަޤާމުގައި ހުރެފައި ނިކަމެތި މުވައްޒަފުންނަށް ފިޔަވަޅު އަޅާވާހަކަ ވިދާޅުވުން އެއީ ވަރަށް ދެރަވަރު އަދި ވަރަށް ފިޑިކަމެއް
އަދިވެސްް ތިޔަ ވިދާޅުވަނީ ފިޔަވަޅު އަޅާނަން ފަހަތަކަށް ނުޖެހޭނެކަމަށް. ވަޒީރު ނޫންތޯ އިސްތިއުފާ ދޭންޖެހެނީ؟ މަޖިލީހުގެ މަސައްކަތް މިނިމުނީތޯ؟ ރިޕޯޓު ތަޅުމަށް ހުށަހަޅުއްވާ މިނިސްޓްރީގެ އިހުމާލުން ވިކަމެއް ކަމުގައިވާނަމަ ވަޒީރު ވަކިކުރަން ނުޖެހޭތޯ؟ ތަހުޒީބު މުޖުތަމައުތަކުން ފެންނަނީ މިގޮތަށް ހިންގާ ކަންކަމުގައި މިގޮތަށް އަމަލުކުރާތަން.
މިކަން ހިނގާ ދިޔަތާ މިހާރު ކިތައްމެ ދުވަހެއް މިނިސްޓަރު މަޤާމުގައި އަދިވެސް ކިޔަނީ ފަހަތަކަށް ނުޖެހޭނަމޭ ފިޔަވަޅު އަޅާނަމޭ.. ޤާނޫނެކޭ.. މަރްހޫމު މިޝްޤާއަށް އިންސާފު ލިބެންއޮތީ ތިޔަވިދާޅުވާ ޤާނޫނު ހެދި ފާސްވީމަތޯ؟ ނިކަމެތިންނަށް ނިކަމެތިގޮތް. ހިތާމަހުރި
ނޫސްވެރިން މިކަމުގައި ނޫޅުއްވާނަމަ މިކަންވެސް މިހާރު ބޮޑު ނަގުލައް ދުއްވާލީސް. އިންސާފު ހޯދަދޭން އައި ސަރުކާރު ހޯދައިދޭ އިންސާފަކީ މިއީތޯ؟
ބޮޑުތަނުން ފެއިލުވެއްޖެ. މެނޭޖެއްނުވި. އަވަހަށް ހެލުތު ދާއިރާ ރަނގަޅުކޮށް ދެއްވާ. މިހާރު ހުރި ވަޒީރަށް މިބޮޑު ދާއިރާ ބެލެހެއްޓޭވަރުގެ ޤާބިލުކަން އެބަހުރިތޯ؟ ރަށްރަށަށް އަޅާލެވޭތޯ؟ ވަރަށް ޝަކުވާ މިހާރުބޮޑު. ނަސީމު އައުމުގެ ކުރިން އައީ ރަގަޅުވަމުން.