Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަފުރަތުގެ ބިލު ނަމަކަށް ކިޔާ ބިލެއް މަޖިލީހަށް ހުށައަޅައިފައެއް ނެތް: މުސްތަފާ

ނަފުރަތުގެ ބިލު ނަމަކަށް ކިޔާ ބިލެއް މަޖިލީހަށް ހުށައަޅައިފައެއް ނެތް: މުސްތަފާ

ނަފުރަތުގެ ބިލު ނަމަކަށް ކިޔާ ބިލެއް މަޖިލީހަށް ހުށައަޅައިފައި ނެތް ކަމަށާއި ހުށައަޅައިފައި އޮތީ ގާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް އިސްލާހެއް އެކަނިި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ވިދާޅުވީ ގާނޫނޫލް އުގޫބާތުގެ 124 ވަަނަ މާއްދާއަށް އަށް ހުށައަޅާފައިވާ އިސްލާހަކީ "އާއްމު ތަންތާ ކާފަރަށް ނުގޮވުން" ކަމަށާއި ނަފުރަތުގެ ބިލް ނޫން ކަމަށެވެ.

"ނަފުރަތުގެ ބިލު ނަމަކަށް ކިޔާ ބިލެއް މަޖިލީޙަކަށް ހުށަހަޅައިފައެއް ނެތް! ހުށަހަޅައިފައި އޮތީ ގާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާގެ ހ އަށް އޮތް އިސްލާހެއް އެކަނި. "އާންމުތަންތާނގައި ކާފަރަށް ނުގޮވުން" ގާސިމު ބުނެގެން ސޮއިކުރާ ޕެޓިޝަނުގައި ސަލަފުގެ އިސް ވެރިން ވެސް ސޮއި ނުކުރައްވާ" މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލް ފާސްކޮށްދިނުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވައިލައިފައެވެ. އެހެެން ނަމަވެސް ސަރުކާރާއެކު ކޯލިޝަން ހަދައިފައިވާ ޕާޓީތައް ކަމުގައިވާ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ވަނީ އެ ބިލާ ދެކޮޅުހައްދަވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް