ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 37 އަހަރުގެ ފިރިހެނަކު މަރުވެއްޖެ
ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު މަރުވެއްޖެއެވެ.
“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ 37 އަހަރުގެ ނޭޕާލް މީހެކެވެ. އޭނާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ މި ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި 209 ވަނަ މީހާއެވެ.
Ads by Allied Insurance