ދުނިޔެ

މެކާފީ އެންޓިވައިރަސްގެ ބާނީ ޖަލެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮމްޕިޔުޓަރގެ އެންޓިވައިރަސް އުފެއްދި ޖޯން މެކާފީ ސްޕެއިންގެ ޖަލެއްގައި މަރުވެފައި އޮއްވާ އިއްޔެ ފެނިއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ބާސެލޯނާގެ ޖަލެއްގައެވެ. ކެޓަލަންގެ ޖަސްޓިސް ޑިޕާޓްމަންޓާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ މެކާފީފެ މަރާ ގުޅޭ ހުރިހާ ކަމަކުން ވެސް ބެލެވެނީ އޭނާ އަމިއްލައަށް މަރުވީ ކަމަށެވެ.

އިނގެރޭސި ދަރިކޮޅަށްް ނިސްބަތްވާ އެމެރިކާގެ މެކާފީގެ މައްޗަށް ވަނީ ޓެކްސްއަށް މަކަރު ހެދުމުގެ ދައުވާ އުފުލައިފައެވެ. ސްޕެއިންގެ ފުލުހުން އޭނާ ހައްޔަރުކޮށް އެގައުމުގެ ހައިކޯޓަށް ޙާޟިރުކުރުމުން ކޯޓުން ވަނީ އޭނާ އެމެރިކާއަށް ފޮނުވައިލުމަށް އަމުރުކޮށްފައެވެ.

ޖޯން ޑޭވިޑް މެކާފީ ، އޭނާގެ ސޮފްޓްވެއާ ކުންފުނި މެކާފީ އެސޯސިއޭޓްސް އުފެއްދީ 1987 ވަނަ އަހަރުއެވެ. އަދި 1994 ވަނަ އަހަރު އެ ކުންފުނިން އިސްތިއުފާ ދިނުމާ ހަމައަށް އޭނާ އެ ކުންފުނި ހިންގިއެވެ.

މެކާފީ އެންޓިވައިރަސްއަކީ މަގުބޫލު ސޮފްޓްވެއާއެކެވެ. 500 މިލިއަން މީހުން ބޭނުން ކުރާ މި ސޮފްޓްވެއާއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ނުވަވަނައަށް އެންމެ ގިނަ މީހުން ބޭނުން ކުރާ އެންޓިވައިރަސް ސޮފްޓްވެއާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!