Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައިގައި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދަށް

8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައިގައި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދަށް

އުމުރުން 8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރުކޮށްފިއެވެ.

ދެކުނުގެ ރަށެއްގައި ހިނގި މި ހާދިސާ ފުލުހުންނަށް ހުށަހަޅައިފައި ވަނީ މި މަހުގެ 24 ވީ ބުރާސްފަތި ދުވަހުގައެވެ. އަދި މި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު އުމުރުން 33 އަހަރުގެ ބަނގްލަދޭޝް ރައްޔިތަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

އޭނަގެ ބަންދާ މެދު އެ ދުވަހު ގޮތެއް ނިންމުމަަށް ހާޒިރު ކުރުމުން ކޯޓުން ފުރަތަމަ އަމުރު ކުރީ 24 ގަޑިއިރަށް އެ މީހާ ބަންދުގައި ބެހެއްޓުމަށެވެ.

Advertisement
Allied Insurance — Square (box)

އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން އެ ބިދޭސީ މީހާ ހައްޔަރު ކޮށްފައި ބެހެއްޓުމަށް ކޯޓުން ނިންމި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް