Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

2021 ގެ ރިޔާސީ ބަޔާނަކީ ވަރަށް އުއްމީދީ ބަޔާނެއް: މިނިސްޓަރު ޒާހިރު

2021 ގެ ރިޔާސީ ބަޔާނަކީ ވަރަށް އުއްމީދީ ބަޔާނެއް: މިނިސްޓަރު ޒާހިރު
2021ގެ ރިޔާސީ ބަޔާނަކީ ވަރަށް އުއްމީދީ ބަޔާނެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު އިއްވި ރިޔާސީ ބަޔާނާ ގުޅިގެން މިނިސްޓަރު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2021 ގެ ރިޔާސީ ބަޔާނަކީ ވަރަށް އުއްމީދީ ބަޔާނެއް ކަމަށާއި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ އުއްމީދު އާވެއްޖެ ކަމަށެވެ. https://twitter.com/ahmedzahirali/status/1357373293309829121?s=21 “2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ ވަރަށް އުންމީދީ ބަޔާނެއް. ކަނޑައެޅިފައިވާ ލަނޑުދަނޑި ތަކެއް، ވާސިލް ވެވޭނެ ކަމުގެ އުންމީދުތައް އާ ވެގެން ހިނގައްޖެ. އަލްހަމްދު الله“ މިނިސްޓަރ އަލީ ޒާހިރު ވިދާޅުވިއެވެ.

ރައީސް އިއްވި 2021 ގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ގައުމު ކުރިއަރުވައި ތަރައްގީ ކުރަން ތަރައްގީގެ ވިސްނުން ހުރި ޒުވާން ޖީލެއް ބިނާ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އަދި މިއަހަރަށް ހުރި ގިނަ ކަންކަމަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް