Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮރަޕްޝަނޭ ކިޔާފައި ދެ ޕާޓީން ވެސް ކުރިކަމަކީ ތިޖޫރީ ގެންދިޔުން : އުމަރު

ކޮރަޕްޝަނޭ ކިޔާފައި ދެ ޕާޓީން ވެސް ކުރިކަމަކީ ތިޖޫރީ ގެންދިޔުން : އުމަރު

2023ގައި 3 ވަނަ ފިކުރު ތަމްސީލު ކުރާ މީހަކީ އުމަރު ނަސީރުކަމަށް ވެއްޖެ ނަމަ ދެ ޕާޓީ މެދުން އައިސް ކާމިޔާބު ކުރެވިދާނެ ކަމަށް އުއްމީދު ކުރާކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ތިންވަނަ ފިކުރެއްގައި ލީޑް ކުރާ މީހަކީ އުމަރުކަމުގައި ވެއްޖެ ނަމަ ދިވެހިންނަށް ގެނެސްދޭން ބޭނުން ވަނީ މައިގަނޑު 5 ކަމެއް ކަމަށެވެ. އުމަރު ވިދާޅުވީ އެއީ ދިވެހިރާއްޖެއަށް މިވަގުތަށް ބަލާއިރު ކޮންމެހެން މުހިންމު 5 ކަންތައް ކަމަށެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކަށް އުމަރު ވިދާޅުވީ އުމަރުގެ ވެރިކަމެއްގައި ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް ޓަކައި ރާއްޖޭގައި މިހާރު ތިބި އިންޑިޔާގެ ސިފައިން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވައިލާނެ ކަމަށާއި އެއީ ރާއްޖޭގެ ބޮޑު ދެ ސިޔާސީ ޕާޓީއަށް ކޮށް ނުދެވިފައި އޮތްކަމެއް ކަމުން 3 ވަނަ ފިކުރަކުން ކޮންމެހެން ކުރަން ޖެހޭކަމެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

ދެވަނަ ކަމަކަށް އުމަރުގެ ވެރިކަމެއްގައި ކުރާނެ ކަމަށް އުމަރު ވިދާޅުވީ ރާއްޖޭގެ ދެ ޕާޓީން ކުރެ އެއްވެސް ޕާޓީއަކަށް މަސްތުވާ އެއްޗެހި ނައްތައި ނުލެވުނު ނަމަވެސް އޭނާގެ ވެރިކަމެއްގައި އެކަން ކުރައްވާނެ ކަމަށެވެ.

ކޮރަޕްޝަން ހުއްޓުވާނެކަމުގައި ޔަގީންކަން ދެއްވުމަށް ފަހު ވެރިކަމަށް އަންނަ ޕާޓީތަކުން އައިސް ރީތި ލަވަ ކިޔައިފައި ދެ ޕާޓީން ވެސް ކުރި މަސައްކަތަކީ ތިޖޫރި ގެންދިޔުން ކަމަށާއި އުމަރުގެ ވެރިކަމެއްގައި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

"ތިންވަނަ ކަމަކީ ކޮރަޕްޝަން ، ދެ ޕާޓީން ވެސް ކުރި މަސައްކަތަކީ ތިޖޫރި ގެންދިޔުން. އަދި ކޮންމެ ބަޔަކު ވެސް ރީތި ލަވަ ކިޔައިފައި އައިސްފަ ކޮރަޕްޝަނަން މަގު ފަހިވާގޮތަށް އެ ކަންކަން ކުރަމުން ގެންދަނީ ، ހަމަ އާދަޔާ ހިލާފަށް ކޮރަޕްޓްކޮށްފައި މުޅި ދައުލަތް އެއްކޮށް ކޮރަޕްޓް ކޮށްފައި ދަނީ ، މިއީ ދެން އަޅުގަނޑުމެންނަށް ފެންނަ މަންޒަރު ، ދެ ޕާޓިން ކުރެ އެއް ޕާޓީއަކަށް ވެސް ނުކުރެވުނު ، މިއީ 3 ވަނަ ފިކުރެއް އިރާދަ ކުރެއްވިއްޔާ ކޮށްދޭނެކަމެއް. އަޅުގަނޑުގެ ރިޔާސީ ދައުރެއްގައި ކޮރަޕްޝަނަކަށް އެއްވެސް ޖާގައެއް ނޯންނާނެ، ކޮންމެމީހަކު ކޮރަޕްޝަންގެ އަމަލެއް ހިންގިޔަސް ގާނޫނުގެ ދިގު އަތް އެމީހަކާ ހަމައަށް ފޯރާނެ." އުމަރު ނަސީރު ވިދާޅުވިއެވެ

އުމަރު ނަސީރުގެ ވެރިކަމުގަައި ކުރައްވާނެ ކަމަށް ވިދާޅުވި 4ވަނަ ކަމަކީ ގޯތި ގެދޮރުގެ މައްސަލައަށް ގެންނާނެ ހައްލުކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން އުމަރުގެ ސަރުކާރެއް ހިންގާ ދައުރެއްގައި ގޯތި ކަނޑައިފައި ދެއްވާނެ ކަމަށާއި ކޮންމެ މީހެއްގެ ވެސް ގޯއްޗެއް ، މާލޭގައި ވިޔަސް އަދި ރަށެއްގައި ވިޔަސް އޮންނަން ވާނެ ކަމަށް ގަބޫލު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރުގެ ސަރުކާރެއްގައި ކޮށްދޭނެ 5 ވަނަ ކަމަކީ ބިދޭސީންގެ މައްސަލަ ހައްލުކޮށްދެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރާއްޖޭގެ 2 ސިޔާސީ ޕާޓީން 16 އަހަރު ވެރިކަން ކުރި އިރު މިކަންކަން ހައްލުކޮށް ނުދެވުނު ކަމަށާއި އެހެންކަމުން އެސިޔާސީ ޕާޓީތަކަށް ދެން މި ފަސް ކަންތަކުގައި ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް