ޚަބަރު

ޑައިން-އިން ޚިދުމަތް ދެވޭގޮތަށް ރެސްޓޯރެންޓްތައް ހުޅުވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޑައިން-އިން ޚިދުމަތް ދެވޭގޮތަަށް ރެސްޓޯރެންޓްތައް ހުޅުވައިލައިފިއެވެ. މިގޮތަށް ހުޅުވައިލައިފައި ވަނީ ކާފިއު ވަގުތު ނޫން ވަގުތުތަކުގައެވެ.

Ads by Sosun Fihaara

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން ރައީސް އޮފީހާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގުޅިގެން މާލެ ސަރަހައްދުގައި ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ.

އެ ފިޔަވަޅުތަކުގެ ސަބަބުން މިހާރު އަނެއްކާ ވެސް ރާއްޖޭގައި ކޮވިޑް ފެތުރުން ބޮޑުތަނުން ކޮންޓްރޯލުވެފައި ވާތީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ފިޔަވަޅުތަކަށް ލުއި ދޭން ނިންމާފައިވާ ކަމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވިއެވެ.

އެގޮތުން ދޭން ނިންމައިފައިވާ ލުއިތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ކާފިއު ގަޑި ރޭގަނޑު 8:00އިން އަނެއް ދުވަހުގެ ފަތިހު 4:00އަށް ކުޑަ ކުރުމާއި، ހުރިހާ ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތައް ވެސް އެ ގަޑީގައި ހުޅުވޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ކޮވިޑް-19 ޖެހުނުތާ 2 މަސް ނުވާ ނަމަ ކަރަންޓީންވުމަކާ ނުލާ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ގޮތަށް ހަމަޖެއްސުމުގެ އިތުރުން މިސްކިތްތަކުގައި ގައިދުރުކަމާ އެކު ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!