Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

156ކެފޭ،ރެސްޓޯރެންޓަކަށް 33 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

156ކެފޭ،ރެސްޓޯރެންޓަކަށް 33 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ރާއްޖޭގެ 156 ކެފޭ،ރެސްޓޯރެންޓަކަށް އެޗްޑީއެފްސީގެ ފަރާތުން 33 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވުދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ، ބީއެމްއެލްގެ ފަރާތުން ކެފޭ އަދި ރެސްޓޯރެންޓުތަކަށް ދޫކުރި ސްޓިމިއުލަސް ޕެކޭޖުގެ ގޮތުގައި، 10 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި އެ 10 މިލިއަން ލޯނަކީ ފަސް ފަރާތަކަށް ދެވުނު ލޯނެއް ކަމަށް ވެސް ފައްޔާޒު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، އެސްޑީއެފްސީން 156 ކެފޭ އަދި ރެސްޓޯރެންޓަށް 33 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 90 ފަރާތަކީ މާލޭގެ ކެފޭތައް ކަމަށެވެ.

Advertisement
Allied Insurance — Square (box)

ކޮވިޑާ ގުޅިގެން ނޭދެވޭ އަސަރު ކޮށްފައިވާ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެޗްޑީއެފްސީން ތައާރަފް ކުރި މި ލޯނަކީ 10 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެކެވެ. އަދި ލޯނަކީ އިންޓްރެސްޓް ރޭޓް ވަރަށް ދަށް ލޯނެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް