އެކަށީގެންވާ އަދަދަކަށް ވެކްސިން ލިބޭނީ އަންނަ މަހު: މިނިސްޓަރ
ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން، އެކަށީގެންވާ އަދަދަކަށް ރާއްޖެއަށް ލިބޭނީ އަންނަ މަހު ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ރައްޔިތުންނަށް ކޮވިޑް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުން ކަމަށާއި އިރާދަކުރެއްވިއްޔާ ޖުލައި މަހު ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޮވިޑް ވެކްސިން ލިބޭނެ ކަމަށެވެ.
"ކަނޑައެޅިގެން މިވެނި ދުވަހެއްގައޭ ލިބޭނީ ނުދެންވުނު ކަމުގައިވީ ނަމަވެސް ލިބިފައިވާ މައުލޫމާތުތަކުން ނަމަ ޖުލައި މަހުގެ 12 ވަނަ ދުވަހާ 20 ވަނަ ދުވަހާ ދެމެދުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަށީގެންވާ އަދަދަކަށް ވެކްސިން ލިބޭނެ" މިނިސްޓަރު ނަސީމު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ލިބޭނީ އެސްޓްރާޒެނެކާ ވެކްސިން ކަމަށާއި އެމެރިކާއިން ވެސް ރާއްޖެއަށް ވެކްސިން ދިނުމަށް ލިސްޓުގައި ހިމަނައިފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން ދޭ ވެކްސިން އަންނާނެ ދުވަހެއް އަދި ޔަގީންކޮށް ދަންނަވަން ނޭނގޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސްޕަޓްނިކް ވެކްސިން ލިބޭތޯ ވެސް މަސައްކަތް ކުރަމުން ކަމަށާއި އެކަމާ ގުޅިގެން މިހާރު ވަނީ ހާމަކުރެވެން ނެތް އެގްރިމެންޓެއްގައި ސޮއި ކުރެވިފައި ކަމަށް ވެސް ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
ޢިބިލީހުގ ކައިވެނ މިހާރ މިހުރިިީ މޯޔަމިނިސްޓަރެއ