Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބުރާސްފަތި ދުވަހު ޓްރެކް ހުޅުވައިލަނީ

ބުރާސްފަތި ދުވަހު ޓްރެކް ހުޅުވައިލަނީ

ކޮވިޑް-19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ޓްރެކް ބަންދު ކުރި ކުރުން ނިމުމަކަށް ގެނެސް ބުރާސްފަތި ދުވަހު ޓްރެކް ހުޅުވައިލާން ހުއްދަ ދީފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް ޞާލިހް ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ޓްރެކް ހުޅުވައިލާން ނިންމައިފައިވާ ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުއެވެ.

ޓްރެކްތައް ހުޅުވުމުގެ އިތުރުން ދޭން ނިންމައިފައިވާ ލުއިތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ކާފިއު ގަޑި ރޭގަނޑު 8:00އިން އަނެއް ދުވަހުގެ ފަތިހު 4:00އަށް ކުޑަ ކުރުމާއި، ހުރިހާ ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކުން ވެސް ކާފިއު ނޫން ގަޑިތަކުގައި ޑައިންއިން ޚިދުމަތް ދެވޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ކޮވިޑް-19 ޖެހިފައި ތިބި މީހުންނަށް 2 މަސް ނުވާ ނަމަ ކަރަންޓީންވުމަކާ ނުލާ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ގޮތަށް ހަމަޖެއްސުމުގެ އިތުރުން މިސްކިތްތަކުގައި ގައިދުރުކަމާ އެކު ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް