Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އިއްޔެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަނގަޅު ސީސީޓީވީގެ ނިޒާމަކުން މާލެ ސަރަހައްދު ގުޅައިލަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ، ފުރަތަމަ ، މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމައިފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ މިގޮތަށް ނިންމައިފައި ވަނީ މިސްކިތުގެ ކަރާމާތް ގެއްލޭ ފަދަ ގޮތަކަށް އެ ތަންތަނުގައި ވިޔާނުދާ އަމަލު ހިންގަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. މުޢިއްޒު ވިދާޅުވީ، ސީސީޓީވީ ސިސްޓަމާ އެކު މިސްކިތްތައް ބެލެހެއްޓުމުގައި އިތުރު ފަސޭހަ ތަކެއް ވެގެންދާނެ ކަމަށެވެ.

މާލޭގެ މިސްކިތްތަކުގައި މަސްތުވުމާއި ނިދުމާއި އެއްޗެހި ދޮވެ ހަދާ މައްސަލަތަކެއް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. މަސްތުވާ ތަކެއްޗާ އެކު މިދިޔަ މަހު ފުލުހުން މިސްކިތުން މީހަކު ހައްޔަރު ކުރިއިރު، މިސްކިތުގައި ނިދާ ހަދާ އުޅޭ ފަރާތްތަކަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

Advertisement
HDC — Sidebar (box)

މުޢިއްޒު ވިދާޅުވީ މިސްކިތްތަކުގައި ކެމެރާ ހަރުކުރުމަށް ދާނެ ޚަރަދުތައް ބެލުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ. އަދި މިހާރު މިކަމާ ގުޅޭ ސާވޭއެއް ހިނގަމުން އަންނަ ކަމަށްވެ ސް މުޢިއްޒު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް