Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެކްސިޑެންޓުވި ކާރުން ބަނގުރާ ފެނުނު ނަމަވެސް، އޭގައި ތިބި މީހުން ކޯޓުން ދޫކޮށްލައިފި

އެކްސިޑެންޓުވި ކާރުން ބަނގުރާ ފެނުނު ނަމަވެސް، އޭގައި ތިބި މީހުން ކޯޓުން ދޫކޮށްލައިފި

އެކްސިޑެންޓެއް ވުމުން މަޑުނުކޮށް ދިޔަ ކާރަކުން ބަނގުރާ ފެނުނު މައްސަލައެއްގައި، ކާރު މަޑުނުކޮށް ދިޔަ ދިއުމަކީ ކޯޓު އަމުރެއް ނެތި އެ ކާރު ބަލައި ފާސް ކުރެވޭނެ ސަބަބެއް ނޫން ކަމަށް ބުނެ ހަތަރު މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މާލޭގައި ދުއްވައިފައި ދިޔަ އެ ކާރު ސައިކަލެއްގައި ޖެހި އެކްސިޑެންޓު ވުމުން ވެސް ވަނީ މަޑުނުކޮށް ގޮސްފައެވެ. ފުލުހުން އެ ކާރު ހުއްޓުވައި، ފާސް ކުރުމުން އޭގެ ތެރެއިން ބަނގުރާކަމަަށް ޝައްކު ކުރެވޭ އެއްޗެއް އަޅައިފައި ހުރި ތިން ފުޅި ފެނިފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި މަސްތުވާއެއްޗެއް ނުވަތަ ކުށެއް ކޮށްގެން ހޯދައިފައިވާ މުދަލެއް އުޅަނދެއްގައި ހުރި ކަމަށް ބެލެވޭ ނަމަ، ކޯޓު އަމުރެއް ނެތި އުޅަނދެއް ފާސް ކުރެވިދާނެއެވެ.

Advertisement
Allied — Dhen Online (box)

ކާރު ތެރެއިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނުމުން އޭގައި ތިބި ހަތަރު މީހުން ހައްޔަރު ކުރިކަމުގައިވީ ނަމަވެސް، ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރީ އެ މީހުން ދޫކޮށްލާށެވެ.

އެ ކޯޓުން ބުނީ، ކާރު ފާސް ކޮށްފައިވަނީ ކޯޓު އަމުރެއް ނެތި ގަވާއިދާ ޚިލާފަށް ކަމަށެވެ.

މި މައްސަލަ ނިންމި ގޮތުގެ އަމުރުގައި ވަނީ އެ ކާރު ހުއްޓުވީ މަސްތުވާ އެއްޗެއްގެ ތުހުމަތެއް އޮވެގެން ނޫން ކަމަށާއި އެކްސިޑެންޓްވުމުން ކާރު މަޑުނުކޮށް ދިޔަ ދިއުމަކީ ކޯޓު އަމުރެއް ނެތި އެ ކާރު ފާސްކުރެވޭނެ އެކަށީގެންވާ ސަބަބެއް ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް