ޚަބަރު

ކޮވިޑް ބަލީގައި އަވަހާރަވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްގެ އަނބިކަނބަލުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ (ވާތް ފަރާތުގައި)

ކޮވިޑް-19އަށް ފައްސިވެ، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ އަވަހާރަވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ފަޟީލަތުއްޝައިޚް އަހްމަދު ޝާތިރުގެ އަނބިކަނބަލުން ހ. އެއްގަމުގޭ އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީއެވެ.

Ads by Sosun Fihaara

އެކަމަނާ އަވަހާރަ ވީއިރު އުމުރުފުޅަކީ 91 އަހަރެވެ.

އައްނަބީލާ ޖަމީލާ އިބްރާހީމްއަކީ ކުރީގެ ބޮޑުވަޒީރު އެއްގަމުގޭ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލެކެވެ. އެކަމަނާއަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) (1759-1767)ގެ، އައްސުލްޠާން ޙަސަން ނޫރައްދީން 1 (1779-1799)ގެ، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން 1 (1799-1835)ގެ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 4 (މުސްކުޅި ބަންޑާރައިން 1835-1882)ގެ، އައްސުލްޠާން އިބްރާހީމް ނޫރުއްދީން (ނޫރައްދީން ބަންޑާރައިން1882 -1886 އަދި 1888-1892)ގެ ދަރިކަނބަލުން، އަލްއަމީރާ ޙަލީމާ ނޫރައްދީން (މާވާކިލެގެފާނުގެ ގަނޑުވަރުގޮމާގެ ދަރިކަނބަލުން، ސިއްތިގޮމާގެ ދަރިކަނބަލުން، އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީއެވެ.

އެކަމަނާގެ ކަށުނަމާދު އޮންނާނީ 1 ޖުލައި 2021ގެ ދަންވަރު 2:30 ގައި ހުޅުމާލޭ ސަހަރާގައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!